ބީއެމްއެލްގެ "އަހަރެންގެ ބޭންކް" ކެމްޕޭން ފަށައިފި
ބީއެމްއެލްގެ "އަހަރެންގެ ބޭންކް" ކެމްޕޭން ފަށައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ހެޑް އޮފީހުގެ މަތިން ވަލުގައި ފޭބުމުގެ ހަރަކާތަކާ އެކު، މުޖުތަމައަށް އެކި ގޮތް ގޮތުން އެހީތެރިވުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން "އަހަރެންގެ ބޭންކް"ގެ ނަމުގައި ހާއްސަ ކެމްޕޭނެއް މިއަދު ހެނދުނު ފަށައިފި އެވެ.

ބީއެމްއެލްގެ "އަހަރެންގެ ބޭންކް" ކެމްޕޭން ފަށައިފި
ބީއެމްއެލްގެ "އަހަރެންގެ ބޭންކް" ކެމްޕޭން ފަށައިފި

ހަތް ބުރިއަށް ހަދާފައިވާ ނުވަދިހަ ފޫޓުގެ އުސް އިމާރާތުގެ މަތިން ވަލެއްގައި ބިމަށް ފޭބުމުގެ ހަރަކާތުގައި ފުލުހުންނާއެކު އެ ބޭންކުގެ ހަތަރު މުވައްޒަފަކު ވެސް ބައިވެރިވި އެވެ. އެ ހަރަކާތް ކުރިޔަށް ގެންދިޔަ އިރު ބޭންކުގެ އިސް ވެރިންނާއި ގިނަ އަދަދެއްގެ މުވައްޒަފުން އެތަން ބެލުމަށް ހެޑް އޮފީހުގެ ބޭރުގައި ތިއްބެވެ. މިއީ ފުލުހުން އާއްމުންނާއެކު މިފަދަ ހަރަކާތެއް ބޭއްވި ފުރަތަމަ ފަހަރެވެ.

ބީއެމްއެލްގެ "އަހަރެންގެ ބޭންކް" ކެމްޕޭން ފަށައިފި
ބީއެމްއެލްގެ "އަހަރެންގެ ބޭންކް" ކެމްޕޭން ފަށައިފި

އެ ބޭންކުން ބުނީ އެއް މަސްދުވަހަށް ކުރިޔަށް ގެންދާ ހަރަކާތުގެ ކޮންމެ ދުވަހަކު ވެސް ތަފާތު އެކި ހަރަކާތްތައް ކުރިޔަށް ގެންދާނެ ކަމަށެވެ.

ރާއްޖޭގައި ބޭންކިންގެ ހިދުމަތް އެންމެ ފުޅާ ދާއިރާއެއްގައި ދެމުން އަންނަ ބީއެމްއެލްގެ އޮފިޝަލަކު ވިދާޅުވީ "އަހަރެންގެ ބޭންކް" ކެމްޕޭންގެ ދަށުން މުޅި އަހަރު ދުވަހަށް ބަހާލައިގެން 300 މިލިއަން ރުފިޔާ ހޭދަކުރަން ނިންމާފައިވާ ކަމަށެވެ. އެ ބޭންކުން މިދިޔަ އަހަރު ވެސް "އަހަރެންގެ ބޭންކް"ގެ ނަމުގައި 300 މިލިއަން ރުފިޔާގެ ކެމްޕޭނެއް ހިންގާފައިވެ އެވެ.

"މި ކެމްޕޭންގެ ދަށުން ކުރިޔަށް ގެންދަން ހަމަޖެހިފައިވަނީ މުޖުތަމައަށް ފައިދާހުރި އެކި އެކި ހަރަކާތްތައް. އެ ގޮތުން މުޅި ރާއްޖޭގައި މި ހަރަކާތްތައް ކުރިޔަށް ގެންދަން ވަނީ ރާވާފައި،" އެ އޮފިޝަލް ވިދާޅުވި އެވެ.