ޔާމީ ގޯތަމް އަކީ ދެމަފިރިން ދޭތެރެއަށް ވަންނަ މީހެއް: ޝްވޭތާ
ޔާމީ ގޯތަމް އަކީ ދެމަފިރިން ދޭތެރެއަށް ވަންނަ މީހެއް: ޝްވޭތާ

"ސަނަމް ރޭ"ގެ ބަތަލު ޕުލްކިތު ސަމްރާޓު އާއި އަންހެނުން ޝްވެތާ ރޮހިރާ ވަނީ އެމީހުންގެ ފަސް އަހަރުވީ ކައިވެނީގައި ނިމުމުގެ ސިއްކަ ޖަހަން ނިންމާ އެކަން އިއުލާންކޮށްފަ އެވެ.

ޔާމީ ގޯތަމް އަކީ ދެމަފިރިން ދޭތެރެއަށް ވަންނަ މީހެއް: ޝްވޭތާ
ޔާމީ ގޯތަމް އަކީ ދެމަފިރިން ދޭތެރެއަށް ވަންނަ މީހެއް: ޝްވޭތާ

މި ދެ މީހުން ވަރިވާން ނިންމިޔަސް އަދި ވަރީގެ ލިޔުމުގައި ދެ މީހުން ސޮއެއް ނުކުރެ އެވެ. އަދި މިހާރު ދެ މީހުންގެ މެދުގައި ބަހުގެ ހަމަލާތައް ހޫނުވެ ޝްވޭތާ ބުނެފައި ވަނީ އެހާ ފަސޭހައިން ޕުލްކިތަށް އޭނާ ވަރިކުރާކަށް ދެން ނުކެރޭނެ ކަމަށެވެ.

އިންޑިއާގެ ނޫހެއްގައި ޖަހާފައިވާ ޚަބަރެއްގައި ގޮތުން ޕުލްކިތު އާއި އޭނާގެ "ސަނަމްރޭ"ގެ ބަތަލާ ޔާމީ ގޯތަމް ރައްޓެހިވީ ޝްވޭތާ ބަލިވެ އިނދެ ހަތަރު މަހުގައި ދަރިފުޅު ބައިގެން ދިއުމުން ބެޑް ރެސްޓްގައި އޮތް ދުވަސްވަރު އެވެ.

ޝްވޭތާ އާއި އޭނާގެ މެދުގައި ޖެހުނު މައްސަލަތަކާ މެދު މީގެ ކުރިން ޕުލްކިތު ވާހަކަ ދައްކާފައި ނުވިޔަސް މި ޚަބަރު ފެނިފައި ރުޅިގަދަވެގެން އޭނާ ވަނީ ޝްވޭތާ އާއި އޭނާގެ އާއިލާއަށް ބަހުގެ ހަމަލާތަކެއް ދީފަ އެވެ. ޕުލްކިތު ބުނެފައި ވަނީ ޝްވޭތާ އާއި އޭނާ ވަކިވާން ޖެހުނީ އޭނާއާ ބެހޭ ގޮތުން އެމީހުން ފާޑުފާޑުގެ ގޯސް ވާހަކަތައް ފަތުރަމުންދާތީ ކަމަށެވެ.

މިހާރު ޕުލްކިތުގެ މި ވާހަކަތަކަށް ޝްވޭތާ ވެސް ވަނީ ރައްދުދީފަ އެވެ. ސްޕޮޓްބޯއީ ކިޔާ އޮންލައިން ނޫހަކަށް ޝްވޭތާ ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވަނީ ޕުލްކިތު ދައްކާ ވާހަކަތަކުން އޭނާ ހައިރާންވެ އަންތަރީސް ވެފައިވާ ކަމަށެވެ. އަދި އޭނާއާ ދެކޮޅަށް ޝްވޭތާމެން ކެމްޕޭންކުރާ ކަމަށް ބުނެ ޕުލްކިތު ދެއްކި ވާހަކަތަކަށް ވެސް ޝްވޭތާ ޖަވާބުދިނެވެ. އޭނާ ބުނި ގޮތުގައި މި ހުރިހާ ދުވަހު ޕުލްކިތަށް އެހީތެރިވެދިން މީހަކު އޭނާއާ ދެކޮޅަށް އުޅޭނެ ކަމަށް ޕުލްކިތު ގަބޫލުކުރާ ނަމަ އެއީ ކުށް ހީއެއް ކަމަށެވެ.

ޝްވޭތާ ބުނި ގޮތުގައި ޕުލްކިތުގެ "ސަނަމް ރޭ" އާއި "ޖުނޫނިއްޔަތު"ގެ ބަތަލާ ޔާމީ ގޯތަމް އެ ދެމަފިރިން ދޭތެރެއަށް ވަދެގެން އެމީހުންގެ ކައިވެނި ބަރުބާދުކޮށްލީ އެވެ.

ޕުލްކިތު އާއި ޔާމީ ސިއްރުން ރައްޓެހިވެގެން އުޅޭކަމަށް ޝްވޭތާ ތުހުމަތު ކުރެ އެވެ. އަދި އޭނާގެ ސުވާލުތަކަށް ޕުލްކިތު ޖަވާބުދާރީވުމުން ނޫނީ ދެން ވަރީގެ ލިޔުމުގައި އޭނަ ދެން ސޮއި ނުކުރާނެކަމަށް ވެސް ޝްވޭތާ ބުނެފައިވެ އެވެ.

ޝްވޭތާ އަކީ ސަލްމާން ޚާންގެ "ރާކީ ސިސްޓާ" އެކެވެ. އަދި ޕުލްކިތު އާއި ޝްވޭތާ ކައިވެނިކޮށްދިނުމުގައި ސަލްމާން އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ.

ބައެއް މީހުން ބުނަނީ ޕުލްކިތު ޝްވޭތާއާ ކައިވެނިކުރީ ސަލްމާނާ ގުޅުން ބަދަހިކުރަން ބޭނުންވެގެން ކަމަށެވެ.