03 ފެބުރުއަރީ 2018 - 07:29

އާންމު ގޮތެއްގައި އަހަރެމެން ދަންނާނީ ރާޅާއެޅުމާއި ވިންޑް ސާފްކުރުން ފަދަ ކުޅިވަރުތަކެވެ. އެކަމަކު އަވޭކްބޯޑު ކިޔާ އެއްޗެއްގެ ވާހަކަ މިހާރު އިވެން ފަށައިފި އެވެ.
ވޭކްބޯޑަކީ މީގެ ފަސް އަހަރު ކުރިން ސްވީޑްންގެ ދަރިވަރުންގެ ގްރޫޕަކުން ޔުނިވާސިޓީ ޕްރޮޖެކްޓަކަށް އުފެއްދި ބެޓެރީގެ ބާރުން ދުއްވާ ކުޑަކުޑަ ސާފް ބޯޑެކެވެ. ރެޑިން ކުންފުނީގެ ސީއީއޯއަށް މީގެ ވޭކްބޯޑު ވީ މާ ކަމުދާ އެއްޗަކަށެވެ. އެ ކުންފުނިން އުފެއްދި މީގެ ފުރަތަމަ ބޯޑަށް ވަރަށް ބޮޑު ތަރުހީބެއް ލިބުނެވެ. އެ ފަހަރު އުފެއްދި ވޭކްޖެޓަށް ފަހު ކުދިކުދި ބަދަލުތަކާއެކު 2016 ވަނަ އަހަރު ބާޒާރަށް ނެރުނީ 18،000 ޑޮލަރުގެ އަގުހުރި ވޭކްޖެޓް ކްރޫޒްއެވެ.
އަނެއްކާވެސް އެތައް ބަދަލަކާ އެކު މިފަހަރު ނެރޭ ބޯޑަކީ ޖީ2އެކްސް އެވެ.
ކުރީ ދެ ބޯޑަށްވުރެ މިފަހަރުގެ އުފެއްދުމަށް އައި އެންމެ ހެޔޮ ބަދަލަކީ ދުވެލި ބާރު ވުމެވެ. ޖީ2އެކްސް އަށް ގަޑިއަކު 36 މޭލު ބާރުމިނުގައި ދުއްވުމުގެ ގާބިލުކަން އެބަހުއްޓެވެ. އަގުވެސް އެތައް ގުނައެއް ހެވެވެ. އަދި ފެންމަތިން ހިއްލާލައިގެން އުދުހިލުމުގެ ހިތްވަރު ވެސް ޖީ2އެކްސްއަށް ލިބިފައިވެއެވެ. ބޭނުމިއްޔާ ދުވެލި ކޮންޓްރޯލުކުރެވިދާނެއެވެ. އެކަމަށްޓަކައި ވަކި ރިމޯޓެއް މީގައި ހިމެނެއެވެ.
ވޭކްޖެޓާއި ވޭކްޖެޓް ކްރޫޒް ދުއްވި މީހުންނަށް އެންމެ ބޮޑު ތަކުލީފަކަށްވީ ބެޓެރީ ޗާޖުކުރުމެވެ. ބޯޑު ހިފައިގެން މޫދަށް އެރެވެނީ ދެގަޑިއިރު ވަންދެން ބޯޑުގެ ބެޓެރީ ޗާޖުކޮށްގެންނެވެ. އެކަމަކު ޖީ2އެކްސްގައި ބެޓެރީ ބަދަލުކޮށްލުމަށް ހޭދަވަނީ މަދު ސިކުންތުކޮޅެކެވެ. އަދި ބެޓެރީގެ ބާރު އެންމެ މަދުވެގެން 25 މިނިޓް ހިފަހައްޓައެވެ. އެއަށްވުރެ ގިނަ ވަގުތު ބޭނުމިއްޔާ ވަކިން ވިއްކާ އެކްސްއެލް ޕަވަ ޕެކް އަޅުވާލަންވީއެވެ. އޭރުން ހާސްކަމެއް ނެތި 45 މިނިޓެއްހާއިރު ދުއްވޭނެއެވެ.