މެދުކެނޑުމަކަށްފަހު ހައުސް އޮފް ކާޑްސްގެ ފައިނަލް ސީޒަންގެ މަސައްކަތް ފަށައިިފި
މެދުކެނޑުމަކަށްފަހު ހައުސް އޮފް ކާޑްސްގެ ފައިނަލް ސީޒަންގެ މަސައްކަތް ފަށައިިފި

މެދުކެނޑުމަކަށްފަހު ހައުސް އޮފް ކާޑްސްގެ ކާސްޓަށް ޑައާން ލޭން އާއި ގްރެގް ކިނިއާ އިތުރުކޮށް ފައިނަލް ސީޒަންގެ ޝޫޓިން ފަށައިފިއެވެ.

މެދުކެނޑުމަކަށްފަހު ހައުސް އޮފް ކާޑްސްގެ ފައިނަލް ސީޒަންގެ މަސައްކަތް ފަށައިިފި
މެދުކެނޑުމަކަށްފަހު ހައުސް އޮފް ކާޑްސްގެ ފައިނަލް ސީޒަންގެ މަސައްކަތް ފަށައިިފި

ނެޓްފްލިކްސް އިން ބުނި ގޮތުގައި ލީޑް އެކްޓަރު ކެވިން ސްޕޭސީ ސީރީޒްއިން ވަކިކުރުމަށް ފަހު، އަލުން މަސައްކަތް ފަށައިފައިވަނީ މި ހަފުތާގެ ބުދަ ދުވަހުއެވެ. މިހާތަނަށް ކާމިޔާބު ފަސް ސީޒަނެއް ދައްކާފައިވާ ހައުސް އޮފް ކާޑްސްގެ ފައިނަލް ސީޒަން ބޮޑަށް ފޯކަސްކުރާނީ ރޮބިން ރައިޓް ކުޅޭ "ކްލެއާ އަންޑާވުޑްގެ ރޯލަށެވެ".

މިހާތަނަށް ދައްކާ އެންމެ މޮޅު ސިޔާސީ ސީރީޒްގެ ގޮތުގައި އާންމުންގެ ބޮޑު މަގުބޫލްކަމެއް ހޯދާފައިވާ ހައުސް އޮފް ކާޑްސްގެ ކާސްޓަށް އިތުރުވި އާ ދެތަރިންގެ ރޯލާ ބެހޭގޮތުން މިހާތަނަށް މާބޮޑު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ. ހޮލީވުޑްގެ ރިޕޯޓްތަކުން ލިބޭ ހަމައެކަނި މައުލޫމާތަކީ އެ ދެމީހުން އެއްބަނޑު ދެބެއިންގެ ރޯލެއް ކުޅޭ ކަމެވެ. ޑައާން އާއި ކިނިއާގެ އިތުރަށް މި ސީޒަންގެ ބައެއް ރިޓާނިން ފޭސްތަކުގެ ތެރޭގައި މައިކަލް ކެލީ އާއި ޖޭން އެޓްކިންސަން އާއި ޕެޓްރީޝާ ކްލާކްސަން އާއި ކޮންސްޓަންސް ޒިމާ އަދި ޑްރެކް ސެސިލް ހިމެނެއެވެ.

ނެޓްފްލިކްސްގެ އޮރިޖިނަލް ސީރީޒެއް ކަމަށްވާ ހައުސް އޮފް ކާޑްސްގެ ޝޫޓިން މެދުކެނޑުނީ ލީޑް އެކްޓަރު ކެވިން ސްޕޭސީގެ މައްޗަށް ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކެއް ކޮށް އޭނާ މި ސީރީޒް އިން ވަކިކުރުމާ އެކުގަ އެވެ.

މި ސީރީޒްގެ ފަހު ސީޒަން ރިލީޒްވާނެ ކަމަށް ކުރިން ބުނެފައިވަނީ މާޗްމަހުގެ ހަތަރެއްގަ އެވެ.