01 ފެބުރުއަރީ 2018 - 11:00

ކަސްޓަމަރުންނާއި ކުންފުނިތަކާ ދެމެދު އޮންނަ ގުޅުންތަކާއި ތަޖުރިބާތަކުގެ ދާއިރާ އިން ރާއްޖޭގައި ބޭއްވި ފުރަތަމަ ކަސްޓަމާ އެކްސްޕީރިއަންސް (ސީއެކްސް) ކޮންފަރެންސްގައި ތައާރަފް ކުރި "މޯލްޑިވްސް ކަސްޓަމާ އެކްސްޕީރިއަންސް އެވޯޑް" އަށް ކުރިމަތި ލުމަށް ހުޅުވާލައިފި އެވެ.
ކަސްޓަމާ އެކްސްޕީރިއަންސް ފައުންޑޭޝަން މޯލްޑިވްސް އިން ބުނީ އެވޯޑް ދޭނީ ބިޒްނަސް އާއި ޕީޕަލް އަދި ޑިސިޕްލީންގެ އިތުރުން ސްޕެޝަލް ކެޓަގަރީން ކަމަށެވެ.
ބިޒްނަސް ކެޓަގަރީން އެ އެވޯޑް ދޭން ހަމަޖެހިފައި ވަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި ބޮޑެތި ވިޔަފާރިތަކުގެ އިތުރުން ޕަބްލިކް ސެކްޓާ އަށެވެ. މި އެވޯޑް ދޭނީ އެންޕްލޯއީ އެންގޭޖްމަންޓް، ޑިޖިޓަލް އެކްސްޕީރިއަންސް، ޑިޖިޓަލް ސީއެކްސް އިނޮވޭޝަން އަދި ސީއެކްސް ޓްރެއިނިން ޕްރޮވައިޑާ އަށެވެ.
ޕީޕަލް ކެޓަގަރީން އެވޯޑް ދޭނީ ވަކިވަކި ފަރުދުންނަށެވެ. މި އެވޯޑް ދޭނީ ސީއެކްސް ޕާސަނަލަޓީ، ސީއެކްސް ޓްރެއިނާ އަދި ސީއެކްސް ޕްރޮފެޝަނަލް އަށެވެ.
ޑިސިޕްލީންގެ ދާއިރާއިން އެވޯޑް ދޭނީ، އެއް ކަހަލަ އިނީޝިއޭޓިވްތައް ކުރިއަށް ގެންގޮސްފައިވާ ކުންފުނިތަކުގެ ތެރެއިން އެންމެ ރަނގަޅަށް އެކަމެއް ކޮށްފައިވާ ކުންފުންޏަކަށެވެ. އަދި ސްޕެޝަލް ކެޓަގަރީސްން އެވޯޑް ދޭނީ ފާހަގަކޮށްލެވޭ ހާއްސަ ކެޓަގަރީތަކުން ހޮވާލެވޭ ފަރާތްތަކަށެވެ.
މޯލްޑިވްސް ބިޒްނަސް އެންޑް ސީއެކްސް އެވޯޑް ޕްރޮގްރާމަކީ ޔޫކޭގެ އެތިކަލް އެވޯޑްސް އެކްރެޑިޓޭޝަން ބޯޑު ކަމަށްވާ އިންޑިޕެންޑެންޓް އެވޯޑްސް ސްޓޭންޑާޑް ކައުންސިލުން ފާސްކޮށްގެން ދޭ އެވޯޑެކެވެ. އަދި މި އެވޯޑް ޕްރޮގްރާމްގެ ޗެއާމަނަކީ ކަސްޓަމާ އެކްސްޕީރިއަންސްގެ ދާއިރާގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 20 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތްކޮށް، ތަޖުރިބާ ލިބިފައިވާ ޑޮން ހޭލްސް އެވެ.
އެވޯޑަށް ކުރިމަތި ލެވޭނީ ސީއެކްސް ކޮންފަރެންސްގެ ވެބްސައިޓް މެދުވެރިކޮށް، އަންނަ މާޗް މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.