ސައިފް އާއި ކަރީނާއަށް ލިބެނީ ފިރިހެން ކުއްޖެއް
ސައިފް އާއި ކަރީނާއަށް ލިބެނީ ފިރިހެން ކުއްޖެއް

ކަރީނާ ކަޕޫރާއި ފިރިމީހާ ސައިފް އަލީ ޚާން މިހާރުވީ ލަންޑަންގަ އެވެ. ބަލިވެ އިން ކަރީނާ ޑޮކްޓަރަށް ދެކުމުން، އެމީހުންނަށް ލިބެނީ ފިރިހެން ކުއްޖެއް ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ.

ބަނޑުގައި އޮންނަ ދަރިފުޅުގެ ޖިންސު ބެލުމަކީ އިންޑިއާގައި މަނާ ކަމެކެވެ. ނަމަވެސް ޔޫކޭގައި އެއީ ހަމަ އާދައިގެ ކަމެކެވެ.

ކަރީނާ ބަނޑުބޮޑުކަން ސައިފް މީޑިއާއަށް ޔަގީންކޮށްދިން ފަހުން ޕަޕަރާޒީން ކަރީނާގެ ފޮޓޯ ނެގިޔަ ނުދޭން ސައިފް ދަނީ ވަރަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް ކަރީނާ ވަރަށް އަވަހަށް "ވީރް ދީ ވެޑިން"ގެ ޝޫޓިން ފެށުމުން އޭނާ ފޮރުވަން ސައިފަށް މާ ފަސޭހަ ކަމަކަށް ނުވާނެ އެވެ.

ސޯނަމްއާ އެކު ކަރީނާ ކުޅޭ "ވީރް ދީ ވެޑިން" ގައި ކަރީނާ ކުޅެނީ މާބަނޑު އަންހެނެއްގެ ބައި ކަމަށް ވެ އެވެ. އެހެންކަމުން މި ފިލްމު ޝޫޓްކުރުމަކީ ކަރީނާއަށް މާ އުނދަގޫކަމަކަށް ނުވާނެ އެވެ.

ކަރީނާ ބަލިވެ އިން ޚަބަރު އިވިފައި އެންމެ ހިތްހަމަނުޖެހިފައި ހުރި މީހަކީ ސައިފްގެ ކުރީގެ އަނބިމީހާ އަދި ދެ ދަރިންގެ މަންމަ އަމްރިތާ ސިންގް އެވެ. ކަރީނާ ބަލިވެ އިނުމާ ބެހޭ ގޮތުން އަމްރިތާގެ ބަހެއް ހޯދަން ގުޅި ނޫސްވެރިންނަށް އަމްރިތާ ވަރަށް ރުޅިގަދަވެ އެއްޗެހި ކިޔާފައިވާ ކަމަށް ބޮލީވުޑް ލައިފްގައި ބުނެފައިވެ އެވެ.