01 ފެބުރުއަރީ 2018 - 06:28

ކައިވެނިކުރަން އެމެރިކާގެ ކޯޓަކަށް ދިޔަ ދެ މީހުންނަށް އެ ކޯޓުގެ ފާހާނާ ތެރޭގައި ކައިވެނިކުރަން ޖެހިއްޖެ އެވެ.
އެމެރިކާގެ ނިއު ޖާސީގައި އުޅޭ ބްރިއަން އަދި މާރިއާ ޝޫލްޒް މިދިޔަ މަހުގެ ދެ ވަނަ ދުވަހު އެމީހުންގެ ކައިވެންޏަށް ކޯޓަށް ހާޒިރުވެ ތިއްބާ ބްރިއަންގެ މަންމަ އަށް ނޭވާހިއްލުމުގެ މައްސަލަ ބޮޑުވެ ހާލު ދެރަވި އެވެ. އެވަގުތު އެތަނުގައި ތިބި ފުލުހުން ބްރިއަންގެ މަންމަ ފާހާނާ ތެރެއަށް ވައްދައި، ޕެރެމެޑިކްސް އަންނަންދެން ފަރުވާ ދެމުން ގެންދިޔަ އެވެ.
ކައިވެންޏަށް ގޮސް ތިބި ދެ މީހުންނަށް ފާހާނާ ތެރޭ ކައިވެނިކުރަން ޖެހުނީ ކައިވެނި ކުރާއިރު މަންމަ ހާޒިރުވެ ހުންނަން ޖެހޭތީ އާއި މަންމަގެ ސޮއި ބޭނުންވާތީ އާއި އެ ވަގުތު ކައިވެނި ނުކޮށްފި ނަމަ ދެން ކައިވެނިކުރެވޭނީ 45 ދުވަސް ކަމަށް ވާތީ އެވެ.
ކައިވެނިކުރި ދެ މީހުން ވެސް، ކައިވެނިކުރާ ތަނަށް މި އައި ބަދަލު ގަބޫލުކުރި އެވެ. އަދި ކައިވެނިކޮށްދޭން އައިސް ހުރި ޖަޖާއި އެހެން މީހުން ފާޚާނާ ތެރޭގައި ތިބެ ކައިވެނީގެ ހުރިހާ ކަމެއް ފުރިހަމަކުރި އެވެ.