01 ފެބުރުއަރީ 2018 - 06:29

ޒާރާ ބްރޭންޑުން ބާޒާރަށް ނެރުނު، މުންޑަކާ ވައްތަރު ގޮތެއް ހުންނަ ސްކާޓަކާއި ހަރުވާޅަކަށް ސޯޝަލް މީޑިއާގައި ޖޯކު ޖަހަން ފަށައިފި އެވެ.
އެއް ބަޔަކު ބުނަނީ ޒާރާ އިން "ބޮޑުބޭބެގެ މުންޑު" ވިއްކަން ފަށައިފި ކަމަށެވެ. މި މުންޑުތައް އެހާ އަގުބޮޑުއިރު މާ ރަނގަޅަށް ފަރުމާކުރެވިފައި ވެސް ނެތް ކަމަށް، ފާޑުކިޔާ މީހުން ބުނެ އެވެ.
ޓުވީޓްކުރި މީހަކު ބުނެފައިވާ ގޮތުގައި އޭނާގެ ބައްޕަ ދެ ޕައުންޑަށް ގަންނަ މުންޑު ޒާރާ އިން 70 ޕައުންޑަށް ވިއްކަން ފެށީ އެވެ. އަދި އެއަށް ވުރެ މާ އަގުހެޔޮކޮށް ބައްޕަ އަތުން މުންޑު ލިބިދާނެ ކަމަށް އޭނާ ބުނެފައިވެ އެވެ.
އާރިއާ ކިޔާ މީހަކު ކުރި ޓުވީޓެއްގައި ލިޔެފައިވާ ގޮތުގައި ޒާރާގެ 69.99 ޕައުންޑަށް ދޭ މި ސްކާޓަކީ ދެކުނު އޭޝިއާގެ ފިރިހެނުން އަންނަ އެންމެ ޕައުންޑަކަށް ލިބޭ މުންޑެވެ.
އޭޝިއާގައި އަންހެނުންނަށް ހާއްސަކޮށް ގެންގުޅޭ މުންޑު، ބްރޭންޑެޑް އެއްޗެއްގެ ގޮތުގައި އަންހެނުންނާއި ފިރިހެނުންނަށް ހާއްސަވީ ކަމަށް ވެސް ބައެއް މީހުން ބުނެފައިވެ އެވެ.
ޒާރާ އަކީ ސްޕެއިންގެ މަޝްހޫރު ފެޝަން ބްރޭންޑެއް ނަމަވެސް މިފަހަރު މުންޑު ސްކާޓް ތައްޔާރުކުރި މީހުންނަށް މި ކުރެވުނީ މޮޅު ކަމެއް ނޫންތާ އެވެ.