ފިހާރައެއް ފަޅާލައި ފޯނުތަކެއް ވަގަށް ނެގި ދެ މީހަކު ހައްޔަރުކޮށްފި
ފިހާރައެއް ފަޅާލައި ފޯނުތަކެއް ވަގަށް ނެގި ދެ މީހަކު ހައްޔަރުކޮށްފި

ލޮނުޒިޔާރަތް މަގުގައި ހުންނަ ފޯނު ފިހާރައެއް ފަޅާލައި ގިނަ އަދަދެއްގެ ފޯނު ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު މިއަދު ހައްޔަރުކޮށްފި އެވެ.

ފިހާރައެއް ފަޅާލައި ފޯނުތަކެއް ވަގަށް ނެގި ދެ މީހަކު ހައްޔަރުކޮށްފި
ފިހާރައެއް ފަޅާލައި ފޯނުތަކެއް ވަގަށް ނެގި ދެ މީހަކު ހައްޔަރުކޮށްފި

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ "އައިފިކްސް 2" ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލައި ވައްކަން ކުރި މައްސަލަ ހުށަހަޅާފައި ވަނީ ރޭ ފަތިހު ކަމަށެވެ. އަދި ވައްކަމުގެ ތުހުމަތަށް ދެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ފިހާރައެއް ފަޅާލައި ފޯނުތަކެއް ވަގަށް ނެގި ދެ މީހަކު ހައްޔަރުކޮށްފި
ފިހާރައެއް ފަޅާލައި ފޯނުތަކެއް ވަގަށް ނެގި ދެ މީހަކު ހައްޔަރުކޮށްފި

ފުލުހުން ބުނީ މައްސަލަ ތަހުގީގުކުރަމުން އަންނާތީ އިތުރު ތަފުސީލެއް އަދި ހާމަކުރެވެން ނެތް ކަމަށެވެ.

ފިހާރައިގެ އެއް ހިއްސާދާރު އަބްދުލް މަޖީދު ބުނީ ފޯނުތައް ވަގަށް ނަގައި ފިހާރައަށް ގެއްލުން ދިނުމުން ފަސް ލައްކަ ރުފިޔާއަށް ވުރެ ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށެވެ. އޭނާ ބުނީ އެ ފިހާރައިގައި އެންމެ ފަހުގެ އައިފޯނާއި ސެމްސަންގް އަދި އެހެން ބްރޭންޑުތަކުގެ ފޯނު ވިއްކަން ހުންނާނެ ކަމަށެވެ. މީގެ ތެރެއިން ގިނަ އަދަދެއްގެ ފޯނު ވަނީ ވަގަށް ނަގައިފަ އެވެ.

ފަޅާލި ފިހާރަޔަކީ ފޯނު ވިއްކުމުގެ އިތުރުން ފޯނު މަރާމާތުކުރުމުގެ ހިދުމަތް ވެސް ދޭ ތަނެކެވެ.