31 ޖެނުއަރީ 2018 - 10:08

އެއްވުން މަނާ ތަނަކަށް އެއްވެ، ރައީސް އަބްދުﷲ ޔާމީންގެ މޮޓޯކޭޑު ދާތަން ފެނުމުން ރައީސަށް ނިސްބަތްކޮށް ވަގަށް ގޮވި ކަމަށް ބުނެ، އެމްޑީޕީގެ އިސް ދެ ބޭފުޅަކު ފުލުހަށް ހާޒިރުވާން އަންގައިފި އެވެ.

ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން، ފުލުހަށް ހާޒިރުވާން އެންގީ އެމްޑީޕީގެ ނައިބު ރައީސް މުހަންމަދު ޝިފާޒާއި އެ ޕާޓީގެ އިނގުރައިދޫ ދާއިރާގެ ރައީސް ހަސަން މުހައްމަދު (ހަސަންޓޭ) އެވެ. ޝިފާޒު ޕުލުހުންގެ އިދާރާއަށް ހާޒިރުވާން އެންގީ އަންނަ އާދިއްތަ ދުވަހުގެ ހަވީރު 4:00 އަށެވެ.
ހަސަންޓޭ ފުލުހަށް ހާޒިރުވާން އެންގީ މިރޭ 9:00 އަށެެވެ.
ފުލުހަށް ހާޒިރުވާން މި ދެ ބޭފުޅުންނަށް މި އެންގީ، ބޮޑުތަކުރުފާނު މަގުން ޖުމްހޫރީ މައިދާނު ކައިރީގައި ތިބެ، ރައީސްގެ މޮޓޯކޭޑު އަންނަތަން ފެނުމުން ވަގަށް ގޮވި ކަމަށް ބުނެ އެވެ.