ކައިރީގައި ބާއްވައިގެން ދަރިފުޅު ނިންދެވުން ގޯސް
ކައިރީގައި ބާއްވައިގެން ދަރިފުޅު ނިންދެވުން ގޯސް

ކުދިން އެންމެ ތުއްތުއިރު ކައިރީގައި ނިންދެވުމަކީ ބައެއް މައިންބަފައިން ކުރާ ކަމެކެވެ. ނަމަވެސް މިއީ ކުރަން އެހާ ރަނގަޅު ނޫން ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. ސަބަބަކީ މައިންބަފައިންނާ އެކުގައި ކުއްޖާ ނިންދަވަން ބޭއްވުމުން ދިމާވާ އެކްސިޑެންޓްތަކުގައި ކުދިން މަރުވާލެއް ގިނަކަމުންނެވެ. އިނގިރޭސި ވިލާތުގައި އެކަނިވެސް އަހަރަކު 130 ކުދިން މިފަދަ އެކްސިޑެންޓްތަކުގައި މަރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.

މަންމަ ނުވަތަ ބައްޕަ އަކީ ބަނގުރާ ބޯ މީހަކަށް ވުމުން ނުވަތަ ދުންފަތުގެ އިސްތިއުމާލުކުރާ މީހަކަށް ވުމުން ނުވަތަ މަސްތުވާ އެއްޗެހި ބޭނުންކުރާ މީހަކަށް ވާނަމަ ނުވަތަ އެ މީހުން މާ ބޮޑަށް ވަރުބަލިވެފައިވާ ނަމަ އެކްސިޑެންޓެއް ދިމާވި ތުއްތު ދަރިފުޅު މަރުވުމުގެ ފުރުސަތު އިތުރުވެ އެވެ. މިފަދަ އެކްސިޑެންޓްތަކުގައި އަހަރަކު އެވްރެޖްކޮށް 130 ވަރަކަށް ކުދިން މަރުވާ ކަމަށް ފަހުގެ ހިސާބުތަކުން ވަނީ ހާމަވެފަ އެވެ.

އިނގިރޭސި ވިލާތުން އެއްކުރި މައުލޫމާތުތަކެއްގައިވާ ގޮތުން އެ ގައުމުގައި އެކަނިވެސް، މައިންބަފައިން ނިދާ އެނދުގައި ނިންދެވުމުން ދިމާވި އެކި އެކްސިޑެންޓްތަކުގައި މިދިޔަ ފަސް އަހަރު ތެރޭގައި އަހަރަކު އެވްރެޖްކޮށް 133 ކުއްޖަކު ވަނީ މަރުވެފަ އެވެ. އަދި މިދިޔަ އަހަރު 141 ކުއްޖަކު މަރުވެފައިވެ އެވެ.

މި މައުލޫމާތުތަކަށް ބުރަވާއިރު މައިންބަފައިންނާ އެކުގައި ކުއްޖާ ނިންދެވުމުން ދިމާވާ ތަފާތު އެކްސިޑެންޓްތަކުގައި ކުއްލިއަކަށް ކުއްޖާ މަރުވުމުން ހީކުރާ ވަރަށް ވުރެ މާ ގިނަ އެވެ.

ތުއްތު ދަރިފުޅަކީ ދުވަސްނުފުރާ ވިހާފައި އޮތް ކުއްޖެއް ނަމަ ނުވަތަ ބަރުދަން ލުއި ކުއްޖެއް ނަމަ މާ ބޮޑަށް މިކަމާ ދޭތެރޭ ވިސްނަން ޖެހެ އެވެ.

މައިންބަފައިން ކައިރީގައި ތުއްތު ކުއްޖާ ނިންދެވުމަކީ ވަރަށް ގިނަ ގައުމުތަކުގައި އާދަކޮށް ކުރާ ކަމެކެވެ. ނަމަވެސް މީގެ ސަބަބުން ކުއްޖާއަށް ނަފްސާނީ ގޮތުން ނޭދެވޭ އަސަރު ކުރުމާއި އެކަނި ނިދަން އޮންނަން ނުކެރުން ފަދަ މައްސަލަތައް ދިމާވާ ކަމަށްވެ އެވެ.

ދިރިއުޅުމުގެ ހާލަތު ހުންނަ ގޮތުން މައިންބަފައިންނާ އެއް ތަނެއްގައި ކުއްޖާ ނިންދަވަން ޖެހޭނަމަ ވެސް މަގަތުގައި ކުއްޖާ ނުބޭއްވުމާއި ކުއްޖާގެ މޫނުގައި ރަޖާ ނުވަަތަ ފޮނިގަނޑެއް ފަދަ އެއްޗެއް ނޭޅޭނެކަން ޔަގީންވާ ގޮތަކަށް ކުއްޖާ ބޭއްވުމާއި ނިދީގައި ކުއްޖާ ގައި ދަށުވުން ފަދަ ކަމެއް ނުވާނެ ފަދަ ގޮތަކަށް ބާލީސް ޖަހާ ވަކިކޮށްފައި ކުއްޖާ ބޭއްވުން ފަދަ ކަންތައްތައް ހިމެނެ އެވެ.