13 ޖުލައި 2016 - 14:37

އަންނަ ސެޕްޓެމްބަރު މަހު މިސްރުގައި ބާއްވަން ހަމަޖެހިފައިވާ މިއުޒިކް ފެސްޓިވަލެއްގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖެ އަށް ލިބިއްޖެ އެވެ.
އެ ގައުމުގެ ކަލްޗަ މިނިސްޓްރީން އިންތިޒާމުކޮށްގެން ސެޕްޓެމްބަރު 20-27 އަށް ބާއްވާ "ދަ އިންޓަނެޝަނަލް ސަމާ ފެސްޓިވަލް ފޮ ސްޕިރިޗުއަލް މިއުޒިކް އެންޑް ޗާންޓިން" ގައި ބައިވެރިވާން ޝައުގުވެރިވާ ރާއްޖޭގެ ގްރޫޕްތަކަށް ވަނީ ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 19 ވަނަ ދުވަހާ ހަމައަށް ހުޅުވާލައިފަ އެވެ.
މި ފެސްޓިވަލްގައި ބައިވެރިވާން އެދޭ ފޯމް ނެޝަނަލް ސެންޓަ ފޮ ދި އާޓްސް (އެންސީއޭ) އިން މިހާރު އަންނަނީ ދޫކުރަމުންނެވެ.
އެންސީއޭ އިން ބުނީ ފެސްޓިވަލްގައި ބައިވެރިވެވޭނީ ގިނަވެގެން 12 މެންބަރުންގެ މައްޗައް އެކުލެވޭ ގްރޫޕަކަށް ކަމަށެވެ.
އެންސީއޭ އިން އަދި ބުނީ ފެސްޓިވަލްގައި ބައިވެރިވާ ގްރޫޕުގެ މެމްބަރުންނަށް ދަތުރުފަތުރާއި ހުރުމުގެ ކަންތައް ހަމަޖައްސައި ދޭނީ މިސްރުގެ ކަލްޗާ މިނިސްޓްރީން ކަމަށެވެ.
މިއުޒިކް ފެސްޓިވަލްގައި ބޭނުން ކުރެވޭނީ ހަމައެކަނި ސަގާފީ ހެދުމާއި މިއުޒިކު ކުޅެން ބޭނުން ކުރާ ސަގާފީ އާލާތްތަކެވެ