ސުޕްރީމް ކޯޓު މަގުން ކައްސާލަ ނަމަ، އެ ކޯޓު ހިނގާކަން ކަށަވަރުކޮށްދޭން ހުރީ އަޅުގަނޑު: ރައީސް

ސުޕްރީމް ކޯޓު މަގުން ކައްސާލާ ނަމަ، އެ ކޯޓު ހިނގާކަން ރައްޔިތުންނަށް ކަށަވަރުކޮށްދޭން ހުރި މީހަކީ އެ އިރަކު ހުންނަވާ ރައީސަކު ކަމަށް ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.

ސުޕްރީމް ކޯޓު މަގުން ކައްސާލަ ނަމަ، އެ ކޯޓު ހިނގާކަން ކަށަވަރުކޮށްދޭން ހުރީ އަޅުގަނޑު: ރައީސް
ސުޕްރީމް ކޯޓު މަގުން ކައްސާލަ ނަމަ، އެ ކޯޓު ހިނގާކަން ކަށަވަރުކޮށްދޭން ހުރީ އަޅުގަނޑު: ރައީސް

ޕީޕީއެމްގެ "ރުމާލު 2" ޖަގަހައިގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިނިވަން މުއައްސަސާތައް މަގުން ކައްސާލައިގެން ދާނަމަ، ގާނޫނުއަސާސީން ލިބޭ ބާރުގެ ދަށުން ކޮންމެ މުއައްސަސާއެއް ހިނގާކަށް ކަށަވަރުކޮށްދޭން ޖެހޭނީ އޭރަކު ހުންނަވާ ރައީސަކު ކަމަށެވެ.

ސުޕްރީމް ކޯޓު މަގުން ކައްސާލަ ނަމަ، އެ ކޯޓު ހިނގާކަން ކަށަވަރުކޮށްދޭން ހުރީ އަޅުގަނޑު: ރައީސް
ސުޕްރީމް ކޯޓު މަގުން ކައްސާލަ ނަމަ، އެ ކޯޓު ހިނގާކަން ކަށަވަރުކޮށްދޭން ހުރީ އަޅުގަނޑު: ރައީސް

ސަރުކާރުން ވިޔަސް ގާނޫނާ ހިލާފު ކަމެއް ކުރާ ނަމަ، އިދިކޮޅު ފަރާތްތަކުން ހިނގާނެ މަގަކުން ހިނގާފައި، ބޭނުން މުއައްސަސާއަކަށް ދިއުމުގެ އިހްތިޔާރު އެބައޮތް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ސުޕްރީމް ކޯޓު މަގުން ކައްސާލަ ނަމަ، އެ ކޯޓު ހިނގާކަން ކަށަވަރުކޮށްދޭން ހުރީ އަޅުގަނޑު: ރައީސް
ސުޕްރީމް ކޯޓު މަގުން ކައްސާލަ ނަމަ، އެ ކޯޓު ހިނގާކަން ކަށަވަރުކޮށްދޭން ހުރީ އަޅުގަނޑު: ރައީސް

ރައީސް ޔާމީންގެ މައްޗަށް ކުރާ ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެން، އެ މަނިކުފާނު މަގާމުން ދުރުކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އަށް ރައްދު ދެއްވައި ރައީސް ވިދާޅުވީ އެފަދަ މައްސަލައެއް ކޯޓަށް ހުށަހަޅާނީ ސުޕްރީމް ކޯޓުގެ އިތުބާރު އިދިކޮޅު ފަރާތްތަކަށް އޮތީމަ ކަމަށެވެ.

ސުޕްރީމް ކޯޓު މަގުން ކައްސާލަ ނަމަ، އެ ކޯޓު ހިނގާކަން ކަށަވަރުކޮށްދޭން ހުރީ އަޅުގަނޑު: ރައީސް
ސުޕްރީމް ކޯޓު މަގުން ކައްސާލަ ނަމަ، އެ ކޯޓު ހިނގާކަން ކަށަވަރުކޮށްދޭން ހުރީ އަޅުގަނޑު: ރައީސް

"އިހްތިޔާރާއި ބާރު އޮތީމަ ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރުމަށް، ސުޕްރީމް ކޯޓަށް ދާން މަގު އެނގޭނީ ހުރިހާ ކަމެއް ކުރަން ޖާގަ އޮތީމަ. އެ ހުރިހާ ވާހަކައެއް ދައްކާއިރު އަޅުގަނޑުމެންނަށް އެކަން މާ ބޮޑު ކަމަކަށް ނުވޭ،" ވަޒީރުންނާއި މަޖިލީހުގެ ބައެއް މެމްބަރުން ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި ރައީސް ވިދާޅުވި އެވެ.

ސުޕްރީމް ކޯޓު މަގުން ކައްސާލަ ނަމަ، އެ ކޯޓު ހިނގާކަން ކަށަވަރުކޮށްދޭން ހުރީ އަޅުގަނޑު: ރައީސް
ސުޕްރީމް ކޯޓު މަގުން ކައްސާލަ ނަމަ، އެ ކޯޓު ހިނގާކަން ކަށަވަރުކޮށްދޭން ހުރީ އަޅުގަނޑު: ރައީސް

މިނިވަން މުއައްސަސާތައް ހިސޯރުކޮށްފައި އޮތް ކަމަށް އިދިކޮޅު ފަރާތްތަކުން ބުނާ އިރު، މީގެ ކުރީގެ ތާރީހުގައި މުއައްސަސާތައް ހިސޯރުކޮށްފައި އޮތީ ކިހާވަރަކަށްތޯ ބަލަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެމްޑީޕީ ސަރުކާރުގައި ފުލުހުންގެ މުއައްސަސާ ހިސޯރުކޮށްފައި އޮތް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

ސުޕްރީމް ކޯޓު މަގުން ކައްސާލަ ނަމަ، އެ ކޯޓު ހިނގާކަން ކަށަވަރުކޮށްދޭން ހުރީ އަޅުގަނޑު: ރައީސް
ސުޕްރީމް ކޯޓު މަގުން ކައްސާލަ ނަމަ، އެ ކޯޓު ހިނގާކަން ކަށަވަރުކޮށްދޭން ހުރީ އަޅުގަނޑު: ރައީސް

ރައީސް ވިދާޅުވި ގޮތުގައި ގާނޫނުއަސާސީ ބަދަލުކޮށްފައި އޮތީ މުއައްސަސާތައް ހިސޯރު ނުކުރެވޭ ގޮތަށެވެ. ގާނޫނީ ހުކޫމަތު އެބޭފުޅުންގެ މައްޗަށް ހިނގަން ނުވާނެ ކަމަށް ގަބޫލުކުރައްވައިގެން ތިއްބަވާ ބޭފުޅުން އެހެން ބޭފުޅުންނާ ދޭތެރޭގައި އިންސާފު ހޯދަންވީމަ "އެއްކަލަ ތަޅު އަޅުވައި ބަންދުކުރި ކޯޓުތަކާ" ހަމަ އަށް ދާ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އެ މަނިކުފާނު ފާޑު ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ދައުލަތަށް ލިބެން ޖެހޭ ހުރިހާ ފައިސާއެއް އަނބުރާ ހޯދާނެ ކަމަށެވެ. އަދި އެކަމުގައި މައާފް ހޯދައިދެވޭނެ ގޮތެއް ނޯންނާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.