ވިލާގެ ރިސޯޓުތަކަށް އެރި ކަސްޓަމްސް އާއި ފުލުހުންގެ މައްސަލަ އެންއައިސީއިން ބަލައިގެންފި
ވިލާގެ ރިސޯޓުތަކަށް އެރި ކަސްޓަމްސް އާއި ފުލުހުންގެ މައްސަލަ އެންއައިސީއިން ބަލައިގެންފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ރިސޯޓުތަކަށް ގާނޫނާ ޚިލާފަށް އެރި ކަމަށް ބުނާ ކަސްޓަމްސްގެ އޮފިސަރުންނާއި ފުލުހުންގެ މައްސަލަ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން މިދިޔަ ބުރާސްފަތި ދުވަހު ބަލައިގެންފި އެވެ.

ވިލާގެ ރިސޯޓުތަކަށް ކަސްޓަމްސްއިންނާއި ފުލުހުން އަރައި އަދި އެ ކުންފުނީގެ ދަށުން ހިންގާ ފަން އައިލެންޑް ރިސޯޓުން ގިނަ އަދަދެއްގެ ރާ ގެންދިޔަ މައްސަލަ އެންއައިސީއަށް ހުށަހެޅީ މިދިޔަ އަންގާރަ ދުވަހެވެ. އެ މައްސަލަ ބަލައިގަތް ކަމުގެ ލިޔުން އެންއައިސީން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ވިލާއާ ހަވާލުުކޮށްފަ އެވެ.

ވިލާގެ ފަސް ރިސޯޓަށް އަރައި ފާސްކުރުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ބުނާ ކަސްޓަމަސްގެ 37 މުވައްޒަފަކާއި ހަތް ފުލުހެއްގެ މައްސަލަ އެންއައިސީއަށް ހުށަހަޅާފައި ވެ އެވެ.

އެ 44 މީހުންގެ ނަންތައް ހިމެނޭ ލިސްޓެއް ވެސް ވަނީ ވިލާއިން ވަނީ އާންމު ކޮށްފަ އެވެ.

ވިލާ ޝިޕިންއިން ކުރިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ކުންފުނީގެ ރިސޯޓުތަކަށް އަރައި އެ ތަންތަނުގެ މުދާ ގެންދިއުމުގެ ޖަރީމާގައި ބައިވެރިވި ދައުަލަތުގެ މުވައްޒަފުން ގާނޫނީ ގޮތުން ޒިންމާދާރު ކުރުވައި، ހައްގު އަދަދބު ދިނުމަކީ ގައުމުގެ ހައްގުގައި އަދާކުރަންޖެހޭ ވާޖިބެއް ކަމަށެވެ.

ވިލާގެ ރިސޯޓުތަކަށް އެރި ކަސްޓަމްސް އޮފިސަރުންގެ ނަންތައް އާއްމުކުރި މައްސަލަ އެ އިދާރާއިން ވަނީ ފުލުހުންނަށް ވެސް ހުށަހަޅައިފަ އެވެ. އަދި ފުލުހުންގެ ނަންތައް އާންމުކުރި މައްސަލަ ވެސް ސީރިއަސް ކަމެއްގެ ގޮތުގައި ބަލާނެ ކަމަށް ފުލުހުންގެ އިދާރާއިން ވަނީ ބުނެފަ އެވެ.

ފުލުހުންނާއި ކަސްޓަމްސް އިން ވިލާގެ ރިސޯޓުތަކަށް އަރައި ފާސްކުރީ، ރޯޔަލް އައިލެންޑް ރިސޯޓަށް ގެންދާ ރަލާއި އޫރުމަސް ވިލާގެ އެހެން ރިސޯޓުތަކަށް ގެންގޮސް ބޭނުން ކުރަމުން ދާ ކަމަށް ބުނެ އެވެ. އެކަމަކު ވިލާގެ ވަކީލުން ތަކުރާރުކޮށް ބުނަމުން އަންނަނީ ގާނޫނާއި ގަވާއިދާ ހިލާފަށް އެއްވެސް މުދަލެއް ރިސޯޓުތަކަށް އެތެރެކޮށްފައި ނުވާނެ ކަމަށެވެ.