އައްސޭރި ޖަލަށް އެތެރެކުރަން އުޅުނު ފޯނުތަކެއް ހޯދައި މީހަކު ހައްޔަރުކޮށްފި
އައްސޭރި ޖަލަށް އެތެރެކުރަން އުޅުނު ފޯނުތަކެއް ހޯދައި މީހަކު ހައްޔަރުކޮށްފި

ކ. ހިންމަފުށީގައި ހުންނަ އައްސޭރި ޖަލަށް އެތެރެކުރަން އުޅުނު ފޯނުތަކެއް ހޯދައި އެ މައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުންގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި ޖަލަށް ފޯނާއި އެހެން އެއްޗެހިތަކެއް އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި 30 އަހަރުގެ ފިރިހެނެއް މިދިިޔަ ބުދަ ދުވަހު ވަނީ ހައްޔަރުކޮށް އެވެ. އޭނާގެ ބަންދަށް ކ. ހުރާ ކޯޓުން ވަނީ 15 ދުވަސް އިތުރު ކޮށްދީފަ އެވެ.

އައްސޭރި ޖަލުގެ މުވައްޒަފުންނާއި ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަންގައި އެ ފިރިހެން މީހާ ހައްޔަރުކުރި އިރު، ނުވަ ފޯނާއި 12 ހެޑް ސެޓާއި ހަތް ޗާޖަރުގެ އިތުރުން ފޯނާ ގުޅޭ އެހެނިހެން ސާމާނު ފެނިފައިވާ ކަމަށް ބުންޏެވެ.

ވެބްސައިޓުގައި ބުނެފައިވަނީ އެ މީހާ އަށް ޖަލުގެ މުވައްޒަފުން ފެނުމާއެކު، ފިލުމަށްޓަކައި އައްސޭރި ޖަލުގެ އުތުރު ފަރާތު މޫދަށް، އޭނާ ފޯނުތައް އަޅައިގެން ގެންގުޅުނު ކޮތަޅު އެއްލައިލި ކަމަށެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގުކުރަމުންނެެވެ.