28 ޖެނުއަރީ 2018 - 17:21

ޅ. ފެލިވަރު ކައިރީގައި އަޅާފައި އޮތް މިފްކޯގެ މަސް ބޯޓެއް ދިޔަވެ އަޑިއަށް ދާތީ ސިފައިން ހަރަކާތްތެރިވާން ފަށައިފި އެވެ.
އެމްއެންޑީއެފުން މިއަދު ބުނީ އެ ބޯޓު ދިޔަވާ ކަމުގެ މައުލޫމާތު އެތަނަށް ލިބުނީ މިއަދު ހަވީރު 3:30 ހާއިރު ކަމަށެވެ. އޭރުން ފެށިގެން އެ ބޯޓު ސަލާމަތް ކުރުމުގެ މަސައްކަތް ކޯސްޓްގާޑުން ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ބޯޓުގައި މި ވަގުތު 24 މީހުން ތިބި އިރު އޭގެ ތެރޭގައި ހިމެނެނީ 10 ދިވެހިންނާއި 14 ބިދޭސީންނެވެ.