28 ޖެނުއަރީ 2018 - 13:37

ރެއިންބޯ އިން "އިޔާ އެންޑް ސޭލް 2017"ގެ ނަމުގައި ކުރިއަށް ގެންދިޔަ ހާއްސަ ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައިފި އެވެ.

މިދިޔަ ނޮވެމްބަރު 25 އިން މި މަހުގެ 13 ގެ ނިޔަލަށް ކުރިޔަށް ގެންދިޔަ ޕްރޮމޯޝަންގެ ގުރުއަތުލުން ބޭއްވީ މިދިޔަ ބުރާސްފަތި ދުވަހުގެ ރެ އެވެ.

ރެއިންބޯ އިން ވަނީ އެ ޕްރޮމޯޝަންގެ ގުރުއަތުން ހޮވުނު ފަރާތްތަކަށް އަގު ބޮޑު އިނާމުތަކެއް ހުށަހަޅައިފަ އެވެ. އެގޮތުން އެއްވަނަ އަށް ހޮވުނު އަހުމަދު އަލީ، ރޯޝަނީގެ އަށް ދެނީ އެންމެ ފަހުގެ އައިފޯނު 10 އެވެ. ދެވަނަ އަށް ހޮވުނު ހ. ރޯސްބީމް، އާތިފާ ލަތީފަށް 50 އިންޗީގެ ލެޑް ޓީވީއެއް ލިބޭ އިރު ތިން ވަނަ އިނާމަކަށް ދިނީ ރެފްރިޖަރޭޓެކެވެ. އެ އިނާމް ވެސް ލިބުނީ އާތިފާއަށެވެ.
ރެއިންބޯ އިން ބުނިގޮތުގައި 2017 ވަނަ އަހަރު ނިމުމާ ދިމާކޮށް ކުރިޔަށް ގެންދިޔަ ސޭލަށް ވަރަށް ބޮޑު ތަރުހީބެއް ލިބުނެވެ.