ވިލާގެ ޕެޓްރޯލް ޝެޑުން ވަގުންނަށް ލިބުނީ 400ރ.
ވިލާގެ ޕެޓްރޯލް ޝެޑުން ވަގުންނަށް ލިބުނީ 400ރ.

އައިޖީއެމްއެޗް ކައިރީ ހުންނަ ވިލާގެ ޕެޓްރޯލް ޝެޑު ފަޅާލައި އެތަނުން ރޭ ވައްކަން ކޮށްފި އެވެ. އެކަމަކު ވަގުންނަށް އެތަނުން ނެގުނީ ވަކި ލާރީގެ ގޮތުގައި ބަހައްޓާފައި ހުރި 400 ވަރަކަށް ރުފިޔާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުންގެ އޮފިޝަލަކު މިއަދު ވިދާޅުވީ ޕެޓްރޯލް ޝެޑަށް ވަގުން ވަނީ އެތަނުގެ ފެން ލައިޓަކުން ކަމަށެވެ. އަދި އެ މައްސަލަ ރިޕޯޓް ކޮށްފައި ވަނީ އިއްޔެގެ ހެނދުނުގެ ވަގުތެއްގައި ކަމަށް އޭނާ ވިދާޅުވި އެވެ.

ޕެޓްރޯލް ޝެޑުގައި މަސައްކަތް ކުރާ މީހަކު ބުނި ގޮތުގައި ފެން ލައިޓުން ވަގުން ވަން ނަމަވެސް އެކަން ކުރަން އެހާ ފަސޭހައެއް ނުވާނެ އެވެ. އެހެންވެ، ޕެޓްރޯލް ޝެޑުގެ އޮފީސްތެރެއަށް ވަންނަން ވަގުން ވަރަށް ބޮޑަށް މަސައްކަތް ކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ.

"ވަތްގަނޑުގައި ނުހުންނާނެ މާގިނަ ފައިސާއެއް. 400 އެއްހާ ރުފިިޔާގެ ވަކި ލާރި ހުންނާނީ. އެ ފައިސާކޮޅު ހިފައިގެން އެ މީހުން ދިޔައީ،" ޕެޓްރޯލް ޝެޑުން ވާހަކަ ދެއްކި މީހާ ބުންޏެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން އަދި މީހަކު ހައްޔަރެއް ނުކުރެ އެވެ.