އޭޑީކޭ އިން ޑްރައިޕާސް ނެޕީގެ ހާއްސަ ޕްރޮމޯޝަނެއް ފަށަނީ
އޭޑީކޭ އިން ޑްރައިޕާސް ނެޕީގެ ހާއްސަ ޕްރޮމޯޝަނެއް ފަށަނީ

އޭޑީކޭ ޖެނެރަލް ޓްރޭޑިން އިން ވިއްކާ މަޝްހޫރު ޑްރައިޕާސް ނެޕީގެ ހާއްސަ ޕްރޮމޯޝަނެއް ފަށަން ނިންމައިފި އެވެ.

"ޑްރައިޕާސް ނިއުބޯން ޕްރޮމޯޝަން"ގެ ނަމުގައި ފަށާ ޕްރޮމޯޝަން ކުރިއަށް ދާނީ މާދަމާ އިން ފެށިގެންނެވެ. އޭޑީކޭ އިން ބުނީ އެ ޕްރޮމޯޝަން ނިންމާލާނެ ވަކި ތާރީހެއް ފަހުން އިއުލާނު ކުރާނެ ކަމަށެވެ.

ގިނަ އަދަދެއްގެ ތަފާތު ޕްރޮޑަކްޓްތައް ވިއްކާ އޭޑީކޭ އިން ބުނީ ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ، ތިން މަހުން ދަށުގެ ކުދިންނަށް ކަމަށެވެ. އެގޮތުން ނިއުބޯން ޑްރައިޕާސް ނެޕީ ގަންނަން އަންނަ އިރު، ކުއްޖާގެ އުފަންދުވަހުގެ ސެޓްފިކެޓާއި މަންމަ އަދި ބައްޕަގެ އައިޑީކާޑު ގެނައުމުން ޕްރޮމޯޝަނުގައި ބައިވެރި ވެވޭނެ އެވެ.

- އައިޖީއެމްއެޗް ކުރިމަތީގައި ހުންނަ އޭޑީކޭ ފާމަސީ 2 އާއި އޭޑީކޭ ފާމަސީ 3

- އޭޑީކޭ ޖެނަރަލް ޓްރޭޑިން އަދި ޖީޓީ ސްނެޕް

- ހުޅުމާލޭ ސެންތްރޯ މޯލްގައި ހުންނަ އޭޑީކޭ ފާމަސީ 10

- ހދ. ކުޅުދުއްފުށީގައި ހުންނަ ނޯދާން ޑިސްޓްރިބިއުޝަން ސެންޓާ (އެންޑީސީ)

ޕްރޮމޯޝަނުގައި ބައިވެރިވާ ފަރާތްތަކަށް އިނާމެއްގެ ގޮތުގައި ހާއްސަ ޑްރައިޕާސް ގިފްޓް ޕެކެއް ދޭނެ އެވެ. ޑްރައިޕާސް އަކީ ނެޕީގެ އިތުރުން ވެސް ގިނަ އަދަދެއްގެ، މަޝްހޫރު ބޭބީ ޕްރޮޑަކްޓްތަކެއް ވެސް ވިއްކާ ބްރޭންޑެކެވެ.