27 ޖެނުއަރީ 2018 - 20:06

ސައުތު ތަރާވާ (ޖެނުއަރީ 27) - ކިރިބަތީ އައިލެންޑްސްގެ ފެރީއެއް ގާތްގަނޑަކަށް 50 މީހުންނާ އެކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
ދެ ދުވަހުގެ ދަތުރެއްގައި އެމްވީ ބުޓިރާއޮއި ނޮނޫޓީ އައިލެންޑްސް އިން ފުރީ މި މަހު 18 ވަނަ ދުވަހު އެވެ. އެ ބޯޓު ގެއްލުނު ކަމަށް ރިޕޯޓްކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރެ އެވެ. ބޯޓު ހޯދުމުގެ މަސައްކަތް ވަނީ ނިއު ޒީލެންޑާއި ފިޖީ އިން ފަށައިފަ އެވެ. ކިރިބަތީގެ އެއް ރަށުން އަނެއް ރަށަށް މީހުން އުފުލުމަށް ބޭނުން ކުރާ ލަކުޑި ފެރީގެ ދިގު މިނަކީ 17.5 މީޓަރު (57 ފޫޓު) ކަމަށްވެ އެވެ.
ނިއު ޒީލެންޑުގެ ރެސްކިއު ކޯޑިނޭޝަން ސެންޓަރުން ބުނީ ނޮނޫޓީ އިން ފެރީ ފުރީ 160 މޭލުގެ ދިގު ދަތުރަކަށް ކަމަށެވެ. ފެެރީ ލަފާނެ ކަމަށް ލަފާކޮށްފައި ވަނީ މި މަހު 20 ވަނަ ދުވަހު އެވެ. ބޯޓު ހޯދަން ދަނީ ނިއު ޒީލެންޑުގެ އެއާ ފޯސްގެ ބޯޓު ފަހަރު ވެސް ބޭނުން ކުރަމުންނެވެ.
ގެއްލުނު ފެރީ ފުރުމުގެ ކުރިން އޭގެ ބުރަފަތީގެ ޝާފްޓުގެ މަރާމާތެއް ކުރި ކަމަށް ސާޗް އެންޑް ރެސްކިއު އޮފިޝަލެއް ކަމަށްވާ ޖޯން އެޝްބީ ވިދާޅުވި އެވެ.
ކިރިބަތީގައި 33 އަތޮޅު އޮތް އިރު ގިނަ އަތޮޅުތަކުގައި މީހުން އުޅެ އެވެ. އަދި ބިންގަނޑު ތިރި ރަށްތަކަށް ވަނީ ދުނިޔެ ހޫނުވެ ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ބިރު ބޮޑުވެފަ އެވެ.