ބާއިންޖީނުގެ ކައިރިން ވަޅި ހެރި މައްސަލާގައި ކުއްޖަކު ހައްޔަރުކޮށްފި
ބާއިންޖީނުގެ ކައިރިން ވަޅި ހެރި މައްސަލާގައި ކުއްޖަކު ހައްޔަރުކޮށްފި

ބާއިންޖީނުގޭ ކައިރީގައި ޒުވާނެއްގެ ގަޔަށް ވަޅި ހެރި ކަމުގެ ތުހުމަތުގައި ކުޑަ ކުއްޖަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ނެޝަނަލް ޑްރަގް އެޖެންސީ ކައިރީގައި މީހަކަށް ތޫނު އެއްޗަކުން ހަމަލަދިން މައްސަލައިގެ ތަހުގީގަށް އުމުރުން 15 އަހަރުގެ ކުއްޖަކު ހައްޔަރުކޮށް އެ ކުއްޖާގެ ބަންދަށް ހަތް ދުވަސް މިއަދު ޖަހާފައިވާ ކަމަށެވެ.

އެކަމަކު، އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.

މި މަހުގެ ތިން ވަނަ ދުވަހު ބާއިންޖީނުގެ ކައިރިން ވަޅި ހަރައި އަނިޔާވި އުމުރުން 23، އަހަރުގެ ފިރިހެނަކަށެވެ. އޭނާއަށް އައިޖީއެމްއެޗްގައި ފަރުވާ ދިނުމަށް ފަހު ވަނީ ދޫކޮށްލައިފަ އެވެ.

މާލޭގައި މީހެއްގެ ގަޔަށް ވަޅި ހަރާފައި މިވަނީ، ގްރޫޕްތަކުން ހިންގި މާރާމާރީ މެދުކެނޑިފައި އޮންނަތާ ދުވަސްތަކަކެއް ވީ ފަހުންނެވެ. މި މާރާމާރީގެ ފަހުން ވެސް އިތުރު މާރާމާރީތަކެއް ހިނގި އެވެ.