ސައުތު ކޮރެއާގެ ހޮސްޕިޓަލެއްގައި އަލިފާން ރޯވެ 39 މީހުން މަރުވެއްޖެ
ސައުތު ކޮރެއާގެ ހޮސްޕިޓަލެއްގައި އަލިފާން ރޯވެ 39 މީހުން މަރުވެއްޖެ

ސޯލް (ޖެނުއަރީ 26) - ސައުތު ކޮރެއާގެ ހޮސްޕިޓަލެއްގައި އަލިފާން ރުވެ 39 މީހުން މަރުވެ 70 އަށް ވުރެ ގިނަ މީހުން ޒަޚަމްވެއްޖެ އެވެ.

ސައުތު ކޮރެއާގެ ހޮސްޕިޓަލެއްގައި އަލިފާން ރޯވެ 39 މީހުން މަރުވެއްޖެ
ސައުތު ކޮރެއާގެ ހޮސްޕިޓަލެއްގައި އަލިފާން ރޯވެ 39 މީހުން މަރުވެއްޖެ

އިރު ދެކުނުގެ ސިޓީއެއް ކަމަށްވާ މިރަންގެ ސެޖޮން ހޮސްޕިޓަލުގައި ފުރަތަމަ އަލިފާން ރޯވީ އިމަޖެންސީ ރޫމުގައި ކަމަށްވެ އެވެ. އަލިފާން ރޯވި އިރު ހޮސްޕިޓަލާއި ޖެހިގެން ހުރި ނާސިން ހޯމުގައި 200 ވަރަކަށް ބަލި މީހުން ތިއްބެވެ.

ސައުތު ކޮރެއާގެ ހޮސްޕިޓަލެއްގައި އަލިފާން ރޯވެ 39 މީހުން މަރުވެއްޖެ
ސައުތު ކޮރެއާގެ ހޮސްޕިޓަލެއްގައި އަލިފާން ރޯވެ 39 މީހުން މަރުވެއްޖެ

މިއީ ސައުތު ކޮރެއާގައި ފަހަކަށް އައިސް ހިނގި އެންމެ ބޮޑު އަލިފާނުގެ ހާދިސާ އެވެ. ހޮސްޕިޓަލުގައި ރޯވި އަލިފާނުގައި މަރުވި މީހުންގެ އަދަދު އަދިވެސް އިތުރުވާނެ ކަމަށް ބެލެވެ އެވެ. ޒަޚަމްވި ގިނަ ބައެއްގެ ހާލު ދެރަކަމަށް ޚަބަރުތައް ބުނެ އެވެ.

ސައުތު ކޮރެއާގެ ހޮސްޕިޓަލެއްގައި އަލިފާން ރޯވެ 39 މީހުން މަރުވެއްޖެ
ސައުތު ކޮރެއާގެ ހޮސްޕިޓަލެއްގައި އަލިފާން ރޯވެ 39 މީހުން މަރުވެއްޖެ

އަލިފާން ނިއްވާ ޓީމުތަކުން ބުނީ ގިނަ މީހުން މަރުވީ ދުމުގެ ސަބަބުން ނޭވާ ނުލެވިގެންނެވެ. މަރުވި މީހުންގެ ތެރޭގައި ހޮސްޕިޓަލުގެ މެޑިކަލް ސްޓާފަކާއި ޑޮކްޓަރަކާއި ނަރުހެއް ހިމެނެ އެވެ. އަލިފާން ރޯވަން ދިމާވި ސަބަބެއް އަދި ނޭނގެ އެވެ. މީޑިއާތަކުން ބުނި ގޮތުގައި އަލިފާން ނިއްވާ ނިޒާމު ހޮސްޕިޓަލުގައި ގާއިމްކޮށްފައެއް ނުވެ އެވެ.

އަލިފާން ރޯވި ހޮސްޕިޓަލް ދަނީ 2008 ވަނަ އަހަރުން ފެށިގެން ހިންގަމުންނެވެ. ހޮސްޕިޓާލައި ނާސިން ހޯމުގައި 200 އެނދު ހުރެ އެވެ. ހޮސްޕިޓަލުގައި ގާތްގަނޑަކަށް 35 މެޑިކަލް ސްޓާފުން މަސައްކަތް ކުރެ އެވެ.

ހޮސްޕިޓަލުގައި އަލިފާން ރޯވެފައި މި ވަނީ ސައުތު ކޮރެއާގެ ސިޓީއެއް ކަމަށްވާ ޖެޗޮންގެ ޖިމެއްގައި އަލިފާން ރޯވެ 29 މީހުން މަރުވިތާ މަސް ދުވަސް ފަހުންނެވެ.