ހޭނުލައިގެން ބެލި އިރު ބަންގްލަދޭޝް މީހާ އޮތީ މަރުވެފައި
ހޭނުލައިގެން ބެލި އިރު ބަންގްލަދޭޝް މީހާ އޮތީ މަރުވެފައި

ބޭރު މަސައްކަތު މީހުން މާލޭގައި ދިރިއުޅޭ ގަލޮޅު ގެއެއްގައި ބަންގްލަދޭޝްގެ މީހަކު މަރުވެފައި އޮއްވާ މިއަދު ފެނިއްޖެ އެވެ.

އުމުރުން 28 އަހަރުގެ ނޫރުލް ހަައްގު، ގ. ރޯސްމެޑޯގައި މަރުވެފައި އޮތްކަން އެނގުނީ، އޭނާ ހޭނުލައިގެން ބަންގްލަދޭޝްގެ އެހެން މީހަކު ބެލިއިރު އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން ރާއްޖެ އައި ނޫރުލް ހައްގު އަދި ވަޒީފާއަކަށް ވެސް ނުނިކުމެ އެވެ. އޭނާ ރާއްޖެ ގެނައީ ކޮން ބައެއް ކަމެއް އެނގިފައެއް ނުވެ އެވެ.

"އޭނާ އަދި ސައިޓަކަށް ނުނިކުމޭ،" އެގޭގައި އުޅޭ ބަންގްލަދޭޝް އެހެން މީހަކު، ނޫރުލް ހައްގު އަދި މަސައްކަތަކަށް ނުދާކަން އަންގައިދިނުމުގެ ގޮތުން ބުންޏެވެ.

ނޫރުލް ހައްގު ރޭ ނިދަން އޮށޯތީ 12 ޖަހާކަންހާ އިރު އެވެ. އޭނާ ހޭނުލައިގެން ގޮވީ ހެނދުނު ނުވައެއް ޖަހާކަންހާ އިރު ކަމަށް، އެގޭގައި ދިރިއުޅޭ މީހަކު ބުންޏެވެ.