ޝްރީދޭވީ ތުންފަތުގެ ސާޖަރީއެއް ހެދިކަމަށް ބުނެ މަލާމާތްކުރަނީ
ޝްރީދޭވީ ތުންފަތުގެ ސާޖަރީއެއް ހެދިކަމަށް ބުނެ މަލާމާތްކުރަނީ

ޝްރީދޭވީ އެންމެ ފަހުން އާންމު ތަނަކުން ފެނުނުއިރު އޭނާގެ ތުންފަތް ހުރީ ވަރަށް ތަފާތު ވެފަ އެވެ. އިވެންޓެއްގައި ބައިވެރިވާން ދަނިކޮށް ޕަޕަރާޒީން ނެގި ފޮޓޯތަކެއްގައި ކޮންމެވެސް ކަހަލަ ތަފާތެއް ޝްރީދޭވީގެ ތުންފަތުގައި ހުރި ކަމަށް ފޮޓޯތައް ބެލި އެންމެންނަށް ވެސް ފާހަގަކުރެވި ސޯޝަލް މީޑިއާ ކެކިގަތެވެ. ގިނަ ބަޔަކު ބުނަނީ ޝްރީދޭވީގެ ތުންފަތުގެ ސާޖަރީ ގޯހުން ގޯހަށް ގޮސް އޭނާގެ ތުންފަތް ވަރަށް ހުތުރުވެފައިވާ ކަމަށެވެ.

ޝްރީދޭވީ ތުންފަތުގެ ސާޖަރީއެއް ހެދިކަމަށް ބުނެ މަލާމާތްކުރަނީ
ޝްރީދޭވީ ތުންފަތުގެ ސާޖަރީއެއް ހެދިކަމަށް ބުނެ މަލާމާތްކުރަނީ

ނަމަވެސް މިއީ ޝްރީދޭވީގެ ތުންފަތުގެ ސާޖަރީއެއް ހެދި ވާހަކަ ފެތުރުނު ފުރަތަމަ ފަހަރެއް ނޫނެވެ. އެކަހަލަ ވާހަކަތަކެއް 2012 ގައި ވެސް ދެކެވުނެވެ. އެ ފަހަރު ޝްރީދޭވީ ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ.

އެ ފަހަރު އޭނާ ވަނީ އޭނާއަށް މަލާމާތްކުރާ މީހުންނަށް ވަރުގަދަ ރައްދެއް ދީފަ އެވެ. އަދި އޭނާއަށް ފާޑުކިއުމުގެ ބަދަލުގައި ކުރާނެ އެހެން ކޮންމެވެސް ކަމެއް ހޯދަން ބުންޏެވެ.

އެކަަމަކު މިފަހަރު ފެތުރިގެން އުޅޭ ޚަބަރަކަށް ޝްރީދޭވީ އަދި މިހާތަނަށް އެއްވެސް އެއްޗެކޭ ނުބުނެ އެވެ.

ބައެއް މީހުން ތުހުމަތުކުރާ ގޮތުގައި ޝްރީދޭވީ އަކީ ވަރަށް ގިނައިން ހަށިގަނޑުގެ އެކި ތަންތަން ޕްލާސްޓިކް ސާޖަރީ ހަދާ ބަތަލާ އެކެވެ. އަދި ދާދިފަހުން ފިލްމު ކުޅެން ފެށި އޭނާގެ ދޮށީ ދަރިފުޅު ޖާންވީ ވެސް ތުންފަތުގެ ސާޖަރީ ހެދިކަމަށް ބުނެ ބައެއް މީހުން ވާހަކަދައްކަ އެވެ.

ޝްރީދޭވީ ތުންފަތުގެ ސާޖަރީ ހެދި ކަމަށް ބުނެ ފަތުރަމުންދާ ޚަބަރުތަކަށް ކޮމެންޓްކުރާ ގިނަ ބަޔަކު ބުނަނީ މުސްކުޅިވީމާ ސާޖަރީ ހެދިޔަސް ރީތި ނުވާނެ ކަަމަށެވެ. އަދި ފައިސާތައް ބޭކާރުކޮށް ސާޖަރީތައް ހެދިޔަސް ސިފަ ރީތި ނުވާނެ ކަމަށާއި އެހެންވެ ކޮންމެހެން ފައިސާ ބޭކާރު ކުރުމުގެ މާނައެއް ނެތް ކަމަށް އަނެއް ބަޔަކު ބުނެފައިވެ އެވެ.