ވޯލްޑް ކަޕް ތަށި ރާއްޖޭގައި، ބޮޑު ޝަރަފެއް
ވޯލްޑް ކަޕް ތަށި ރާއްޖޭގައި، ބޮޑު ޝަރަފެއް

ވޯލްޑް ކަޕްގެ ރަސްމީ ތަށި ރާއްޖޭގެ ފަސްގަނޑަށް ގެނެވިދާނެ ކަމަށް މީގެ ކުރިން އެކަކު ވެސް ހިއެއްނުކުރާނެ އެވެ. އެކަމަކު ކޮކާކޯލާ ކުންފުނީގެ ބޮޑު މަސައްކަތަކާ އެކު މިއަދު އެ ޝަރަފު ރާއްޖެ އަށް ލިބިއްޖެ އެވެ.

ވޯލްޑް ކަޕް ތަށި ރާއްޖޭގައި، ބޮޑު ޝަރަފެއް
ވޯލްޑް ކަޕް ތަށި ރާއްޖޭގައި، ބޮޑު ޝަރަފެއް

ރަޝިޔާގައި ބާއްވާ ފީފާ ވޯލްޑް ކަޕުގެ ކުރިން މުބާރާތުގެ އަސްލު ތަށި ދުނިޔޭގެ ބައެއް ގައުމުތަކަށް ގެންދަން މިހާރު ފަށާފައިވާ ދަތުރުގައި ރާއްޖެ އަށް ތަށި ގެނެސް މިހާރު ވަނީ އާންމުކޮށް ދައްކާލުމުގެ ރަސްމީ ހަރަކާތްތައް ފަށައިފަ އެވެ.

ވޯލްޑް ކަޕް ތަށި ރާއްޖޭގައި، ބޮޑު ޝަރަފެއް
ވޯލްޑް ކަޕް ތަށި ރާއްޖޭގައި، ބޮޑު ޝަރަފެއް

ވެލާނާ އިންޓަނޭޝަނަލް އޭއާޕޯޓްގެ ވީއައިޕީ ލޯންޖުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ފަސްޓް ލޭޑީ ފާތިމަތު އިބްރާހިމް އާއި ފީފާ ޓްރޮފީ ޓުއާގެ ރާއްޖޭގެ ބައިގެ އެމްބަސަޑަރަކަށް ހަމަޖައްސާފައިވާ 1998 ވަނަ އަހަރުގެ ވޯލްޑް ކަޕް، ފްރާންސަށް ކާމިޔާބުކޮށްދިން ޓީމުގެ ކުޅުންތެރިއެއް ކަމަށްވާ ކްރިސްޓިއަން ކަރެމްބޫ ބައިވެރިވި އެވެ.

ވޯލްޑް ކަޕް ތަށި ރާއްޖޭގައި، ބޮޑު ޝަރަފެއް
ވޯލްޑް ކަޕް ތަށި ރާއްޖޭގައި، ބޮޑު ޝަރަފެއް

"1438" ބޮޑުބެރު ގްރޫޕުގެ ހަރަކާތްތަކާ އެކު އޮތް ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލާއި އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދުގެ އިތުރުން ކޮކާކޯލާ ކުންފުނީގެ ބައެއް އިސް އޮފިޝަލުން ވެސް ތިއްބެވި އެވެ.

ވޯލްޑް ކަޕް ތަށި ރާއްޖޭގައި، ބޮޑު ޝަރަފެއް
ވޯލްޑް ކަޕް ތަށި ރާއްޖޭގައި، ބޮޑު ޝަރަފެއް

ތަށި ދައްކާލުމަށް ފަހު ދެން ކުރިއަށްދިޔައީ ހާއްސަ ފޮޓޯ ސެޝަންތަކެކެވެ.

ވޯލްޑް ކަޕް ތަށި ރާއްޖޭގައި، ބޮޑު ޝަރަފެއް
ވޯލްޑް ކަޕް ތަށި ރާއްޖޭގައި، ބޮޑު ޝަރަފެއް

ޓްރޮފީ ޓުއާގައި މިރެ އާއި މާދަމާ ކުރިއަށްދާނީ ދެ ވަނަ ހަރަކާތެވެ. އެ ގޮތުން މިރޭ ގަލޮޅު ދަނޑުގައި ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގަންނަވާ ހަފުލާއެއް އޮންނާނެ އެވެ. ގަލޮޅު ދަނޑަށް ވަނުން އޮތީ އާންމުކޮށް ހުޅުވާލައިފަ އެވެ.

ވޯލްޑް ކަޕް ތަށި ރާއްޖޭގައި، ބޮޑު ޝަރަފެއް
ވޯލްޑް ކަޕް ތަށި ރާއްޖޭގައި، ބޮޑު ޝަރަފެއް

މާދަމާ އެފްއޭއެމްގެ ޓާފް ދަނޑުގައި ވެސް ތައްޓާ އެކު އެކި ހަރަކާތްތައް އޮންނާނެ އެވެ. އެކަމަކު ޓްރޮފީ ބަލާލައި ފޮޓޯ ނެގުމުގެ ފުރުސަތު ލިބޭނީ ޓިކެޓް އޮތް ފަރާތްތަކަށެވެ.

ވޯލްޑް ކަޕް ތަށި ރާއްޖޭގައި، ބޮޑު ޝަރަފެއް
ވޯލްޑް ކަޕް ތަށި ރާއްޖޭގައި، ބޮޑު ޝަރަފެއް

މިއީ ދުނިޔޭގެ އެންމެ ގިނަ ބަޔަކު ބަލާ އެއް ކުޅިވަރު މުބާރާތުގެ ޓްރޮފީ ޓުއާ ބާއްވަން ފެށި ފަހުން ރާއްޖެ އަށް ތަށި ގެނައި ފުރަތަމަ ފަހަރެވެ. ދިވެހިންނަކީ ފުޓްބޯޅައިގެ ސަޕޯޓަރުން ކަމަށް ވާތީ ތައްޓާ އެކު ފޮޓޯ ނަގަން ގިނަ ބަޔަކު ދާނެ ކަމަށް ބެލެވެ އެވެ.

ވޯލްޑް ކަޕް ތަށި ރާއްޖޭގައި، ބޮޑު ޝަރަފެއް
ވޯލްޑް ކަޕް ތަށި ރާއްޖޭގައި، ބޮޑު ޝަރަފެއް

ކޮކާކޯލާ އިން ސްޕޮންސާކޮށްފައިވާ ވޯލްޑް ކަޕުގެ ޓްރޮފީ ޓުއާގައި ޓްރޮފީ އެކި ގައުމުތަކަށް ގެންދަނީ އެކަމަށް ހާއްސަ ޖެޓެއްގައި އަދި އެކަމަށް ހާއްސަ ޓީމަކާ އެކު އެވެ. ތަށީގެ ސެކިއުރިޓީ އިންތިޒާމްތައް ބަލަހައްޓާނީ ވެސް އެމީހުންނެވެ.

ވޯލްޑް ކަޕް ތަށި ރާއްޖޭގައި، ބޮޑު ޝަރަފެއް
ވޯލްޑް ކަޕް ތަށި ރާއްޖޭގައި، ބޮޑު ޝަރަފެއް

މި ފަހަރުގެ ދަތުރު ފެށީ އިނގިރޭސި ވިލާތުގެ ލަންޑަނުންނެވެ. ޝެޑިއުލުގައި ހިމެނޭ ފާހަގަކޮށްލެވޭ އެހެން ސިޓީތަކުގެ ތެރޭގައި ސްރީ ލަންކާގެ ކޮލަމްބޯ އާއި ތައިލެންޑުގެ ޕުކެޓާއި ޕާކިސްތާނުގެ ލާހޫރާއި ފަލަސްތީނުގެ ރާމަﷲ އާއި ޔޫއޭއީގެ ޑުބާއީ އާއި ދެކުނު އެފްރިކާގެ ޖޮހަނެސްބާގާއި ކޭޕް ޓައުން ހިމެނެ އެވެ. އަދި މިސްރުގެ ގާހިރާ އާއި އިޓަލީގެ ރޯމާއި ނޭޕެލްސް އާއި ފްރާންސުގެ ޕެރިސް އާއި އެމެރިކާގެ ނިއު ޔޯކް ސިޓީ އާއި މަޔާމީ އަދި ލޮސް އެންޖެލްސް އަށް ވެސް ތަށީ ގެންދާނެ އެވެ.

ވޯލްޑް ކަޕުގެ ޗެމްޕިއަންނަށް މިހާރު ދޭ ތަށި ތައާރަފުކުރީ 1974 ގަ އެވެ. އެއީ ކުރިން ދެމުން އައި ޖޫލްސް ރިމޭ ޓްރޮފީ ބްރެޒިލުން މިލްކުކުރުމުންނެވެ. އެކަމަކު 18 ކެރެޓް ރަނުން ހަދާފައިވާ މިހާރުގެ ތަށި މިލްކުކުރުމުގެ ފުރުސަތެއް ނުލިބެ އެވެ.

ޗެމްޕިއަންކަން ހޯދާ ގައުމެއްގައި ބަހައްޓަން ދެނީ ރަނުން ޕްލޭޓްކޮށްފައިވާ ބްރޮންޒް ތައްޓެކެވެ.