24 ޖެނުއަރީ 2018 - 20:31

ދޫނިދޫ ކައިރިން ކަނޑުމަތީގައި ދެ ދޯންޏެއް ޖެހި އެކްސިޑެންޓް ވެއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ އެ އެކްސިޑެންޓް ހިނގާފައިވަނީ ދޫނިދޫ ހުޅަނގު ފަރާތު ކަނޑުމަތިން ކަމަށާއި އެކްސިޑެންޓްވި ދެ ދޯނިން ދަތުރުކުރި މީހުންގެ ތެރެއިން 28 މީހަކު މާލެ ގެނެސްފައިވާ ކަމަށެވެ.
އޭގެ ތެރޭގައި ހިމެނެނީ ދެ އަންހެނުންނާއި 26 ފިރިހެނުން ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމުގެ މައުލޫމާތެއް މިހާތަނަކަށް ނުލިބެ އެވެ. އެ ހާދިސާގެ ރިޕޯޓް ކޯސްޓްގާޑަށް ލިބުނީ މިރޭ 7:00 ހާއިރު އެވެ.
ފުލުހުން ބުނީ އެ ހާދިސާގައި ސަރަހައްދުގައި ފުލުހުން މިހާރު ހަރަކާތްތެރިވަމުންދާ ކަމަށެވެ. އެ ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.