އައިލެންޑާސް އިން ފިންލޭންޑު އިންޓަނޭޝަނަލް ސްކޫލެއް ރާއްޖޭގައި ހުޅުވަނީ
އައިލެންޑާސް އިން ފިންލޭންޑު އިންޓަނޭޝަނަލް ސްކޫލެއް ރާއްޖޭގައި ހުޅުވަނީ

ތައުލީމީ ގޮތުން ދުނިޔޭގައި އެންމެ ކުރި އަރާފައިވާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ފިންލޭންޑްގެ މަޝްހޫރު "ފިންލޭންޑް އިންޓަނޭޝަނަލް ސްކޫލް" އެއް މާލެ އާއި ހުޅުމާލޭގައި ހުޅުވުމަށް އައިލެންޑާސް އެޑިއުކޭޝަނުން ތައްޔާރުވެއްޖެ އެވެ.

އައިލެންޑާސް އިން ފިންލޭންޑު އިންޓަނޭޝަނަލް ސްކޫލެއް ރާއްޖޭގައި ހުޅުވަނީ
އައިލެންޑާސް އިން ފިންލޭންޑު އިންޓަނޭޝަނަލް ސްކޫލެއް ރާއްޖޭގައި ހުޅުވަނީ

އަލަށް ހުޅުވަން ތައްޔާރުވެފައިވާ ފިންލޭންޑް އިންޓަނޭޝަނަލް ސްކޫލަކީ އެ ގައުމުގެ މަޝްހޫރު ޖޭވާސްކީލާ ޔުނިވާސިޓީގެ ދަށުން ހިންގަމުން އަންނަ އެޑުކްލަސްޓާ ފިންލޭންޑް ހިންގާ ސްކޫލެކެވެ. މި ސްކޫލް ރާއްޖޭގައި ހިންގާނީ އައިލެންޑާސްގެ ދަށުން ހިންގަމުން އަންްނަ އެޑުކަނެކްޓް ޕްރައިވެޓް ލިމިޓެޑުންނެވެ.

އައިލެންޑާސް އިން ފިންލޭންޑު އިންޓަނޭޝަނަލް ސްކޫލެއް ރާއްޖޭގައި ހުޅުވަނީ
އައިލެންޑާސް އިން ފިންލޭންޑު އިންޓަނޭޝަނަލް ސްކޫލެއް ރާއްޖޭގައި ހުޅުވަނީ

ފިންލޭންޑް އިންޓަނޭޝަނަލް ސްކޫލް ރާއްޖޭގައި ހުޅުވުމަށް އެ ދެ ކުންފުނިން ވަރަށް އަވަހަށް އެއްބަސްވުމުގައި ސޮއި ކުރާނެ އެވެ. އަދި އަންނަ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހު އެކަން ރަސްމީކޮށް އިއުލާނު ކުރުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

ބިލަބޮންގް ހައި އަދި ކެންގަރޫ ކިޑްސްގެ ކާމިޔާބީއާ އެކު ދިވެހިންގެ އިތުބާރު ހޯދާފައިވާ އައިލެެންޑާސް އިން އަލަށް ހުޅުވާ ސްކޫލަކީ މި ސަރަހައްދުގައި ހުޅުވޭ ފިންލޭންޑްގެ ފުރަތަމަ އިންޓަނޭޝަނަލް ސްކޫލަށް ވެގެން ދާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

އެޑުކްލަސްޓާ ފިންލޭންޑަކީ، އެ ގައުމުގެ ތައުލީމު އެހެން ގައުމުތަކަށް ފުޅާ ކުރުމުގެ މަސައްކަތް ފިންލޭންޑް އެކްސްޕޯޓް އެޖެންސީ (ފިންއެކްސްޕޯ) އިން މެންޑޭޓް ކޮށްފައިވާ ކުންފުންޏެކެވެ. އެ ކުންފުނިން މިހާރު ވެސް އަންނަނީ ގަތަރުގެ ވެރިރަށް ދޯހާގައި، އެ ގައުމުގެ ޝާހީ އާއިލާގެ އިތުރުން ސަރުކާރާ ގުޅިގެން އިންޓަނޭޝަނަލް ސްކޫލެއް ހިންގަމުންނެވެ.

ރާއްޖޭގައި ހުޅުވަން ހަމަޖެހިފައިވަނީ ފިންލޭންޑް އިންޓަނޭޝަނަލްގެ ދެ ވަނަ ސްކޫލެވެ. އަދި މިއީ މި ސަރަހައްދުގައި ހުޅުވޭ ފިންލޭންޑް އިންޓަނޭޝަނަލް ފުރަތަމަ ސްކޫލެވެ.

ފިންލޭންޑް އިންޓަނޭޝަނަލް ސްކޫލެއް ރާއްޖެ އަށް ތައާރަފް ކުރަން ތައްޔާރުވާއިރު، އެ ގައުމުގެ އެޑިއުކޭޝަން ސިސްޓަމް ވަނީ ވަރަށް ބޮޑަށް ކުރި އަރައިފަ އެވެ. އެގޮތުން ތައުލީމީ ދާއިރާގެ ތަޖުރިބާކާރުން ވަނީ ފިންލޭންޑުން އެމެރިކާ އަދި އިނގިރޭސިވިލާތް ފަދަ ގައުމުތަކަށް ވުރެ ތައުލީމީ ގޮތުން ކުރިއަރަމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ.