ސަރުކާރު ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑުގެ މެޖޯރިޓީ ފުރަތަމަ ފަހަރަށް އަންހެނުންނަށް
ސަރުކާރު ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑުގެ މެޖޯރިޓީ ފުރަތަމަ ފަހަރަށް އަންހެނުންނަށް

ސަރުކާރު ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑުގެ މެޖޯރިޓީ އަންހެނުންނަށް ލިބުނު ފުރަތަމަ ކުންފުންޏަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ވެއްޖެ އެވެ.

އެމްޕީއެލްގެ ބޯޑަށް މިއަދު އައްޔަންކުރެއްވި ގދ. ތިނަދޫ، މުޝްތަރީހީ، އައިޝަތު ރަޔާހީން ޝަރީފާއެކު ޖުމްލަ ހަތް ޑިރެކްޓަރުން އެ ކުންފުނީގައި ތިއްބަވާއިރު، ހަތަރު ބޭފުޅުންނަކީ އަންހެނުންނެވެ. އަންހެން ބޭފުޅުންގެ ގޮތުގައި ރަޔާހީންގެ އިތުރުން ތިއްބަވަނީ، އައިޝަތު ޝައުފާ އާއި ފާތިމަތު ނިޒްމާ އާއި މަރިޔަމް ޝީނީޒް ޝާކިރެވެ.

މާލޭގެ ވިޔަފާރި ބަނދަރު ހިންގާ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް މި ފަހުން ވަނީ ބޮޑެތި ބަދަލުތަކެއް ވެސް ގެނެސްފަ އެވެ. އެގޮތުން މި މަހުގެ 9 ގައި އެމްޕީއެލްގެ ބޯޑުން ހަތަރު ބޭފުޅަކު ވަކިކޮށް އަލަށް ތިން ބޭފުޅަކު އައްޔަންކޮށްފައި ވެ އެވެ.

ސަރުކާރުގެ ހިއްސާ އޮންނަ ބައެއް ކުންފުނިތަކުގައި މަދުން ނަމަވެސް މިހާރު ވެސް އަންހެން ބޭފުޅުން ތިއްބަވަ އެވެ. އެ ކުންފުނިތަކުގެ ތެރޭގައި އެސްޓީއޯ އަދި އެމްޓީސީސީ ހިމެނެ އެވެ.