ތިން މަސްވަންދެން ބެންކޮކް އެއާޕޯޓުގައި ދިރިއުޅުނު އާއިލާ ފުރައިފި
ތިން މަސްވަންދެން ބެންކޮކް އެއާޕޯޓުގައި ދިރިއުޅުނު އާއިލާ ފުރައިފި

ބެންކޮކް (ޖެނުއަރީ 24) - ވޭތުވެދިޔަ ތިން މަސް ދުވަހު ބެންކޮކުގެ ސުވަރްނަބުމީ އެއާޕޯޓުގައި ދިރިއުޅުނު ޒިމްބާބުވޭގެ އާއިލާ އެންމެ ފަހުން ފުރައިފި އެވެ.

ތިން މަސްވަންދެން ބެންކޮކް އެއާޕޯޓުގައި ދިރިއުޅުނު އާއިލާ ފުރައިފި
ތިން މަސްވަންދެން ބެންކޮކް އެއާޕޯޓުގައި ދިރިއުޅުނު އާއިލާ ފުރައިފި

ޒިމްބާބުވޭގެ އާއިލާގައި ހިމެނޭ 11 އަހަރުން ދަށުގެ ހަތަރު ކުދިންނާއި ބޮޑެތި ހަތަރު މީހުން އެންމެ ފުރަތަމަ ބެންކޮކަށް ދިޔައީ މިދިޔަ މެއި މަހު އެވެ. އެ މީހުން އޮކްޓޯބަރު މަހު ސްޕޭނަށް ދާން އުޅުނު ނަމަވެސް އެ ދަތުރު ކާމިޔާބު ނުވީ ސައްހަ ވިސާ ނެތުމުންނެވެ. ޓޫރިސްޓް ވިސާގެ މުއްދަތަށް ވުރެ އިތުރަށް ބެންކޮކުގައި ހޭދަކޮށްފައިވާތީ އެ މީހުންނަށް ފުރައިގެން ގޮސް އަލުން ބެންކޮކަށް އެތެރެވެވޭކަށް ވެސް ނެތެވެ. އަދި އެ މީހުން ޖޫރިމަނާ ވެސް ދައްކަން ޖެހެ އެވެ. އެ އާއިލާ އިން ބުނެފައި ވަނީ އެ މީހުންނަށް ޒިމްބާބުވޭ އަށް އެނބުރި ދެވެން ނެތް ކަމަށެވެ. އެއީ އެ މީހުން ހިނގައްޖެ ނަމަ ބަންދުކޮށް ޖަލުގައި ބަންދުކޮށްފާނެތީ އެވެ.

އެއާޕޯޓުގައި ދިރިއުޅުނު އާއިލާގެ މައްސަލަ ސަމާލު ކަމަށް އައިސްފައި ވަނީ އެއާޕޯޓް މުވައްޒަފަކު އެ އާއިލާގެ ކުޑަ ކުދިންތަކާ އެކު ޑިސެމްބަރު މަހު ފޮޓޯއެއް ޕޯސްޓްކުރި ހިސާބުންނެވެ. އެ ފޮޓޯގައި އޭނާ ބުނެފައި ވަނީ އެ މީހުން ބެންކޮކް އެއާޕޯޓުގައި ދިރިއުޅެން ޖެހިފައި ވަނީ އަމިއްލަ ގައުމުގައި ދިރިއުޅެވެން ނެތުމުން ކަމަށެވެ.

އޮފިޝަލުން އެ ދުވަސްވަރު ވަނީ އެ އާއިލާ ޔޫކްރޭން އިންޓަނޭޝަނަލް އެއާލައިންސްގައި ކިއޭވް އަށް ގޮސް ދުބާއީ އަށް ދަތުރު ކުރެވޭނެ ގޮތް ހަމަޖައްސައިފަ އެވެ. އަދި އޭގެ ފަހުން އޮތީ ތިން ވަނަ ގައުމަކަށް ދަތުރު ކުރެވޭނެ މަގު ހަމަޖައްސައިދީފަ އެވެ. ނަމަވެސް ޔޫކްރޭން އެއާލައިނުގެ އޮފިޝަލަކު ބުނީ އެ އާއިލާ އިން ދަތުރުގެ ތިން ވަނަ ލެގު ކެންސަލް ކުރުމުން ދުބާއީން ވަނީ އެ މީހުން އަނބުރާ ބެންކޮކަށް ފޮނުވާލާފައި ކަމަށެވެ.

ޒިމްބާބުވޭ އާއިލާ އިން ވަނީ އދ.ގެ އެހީ އަށް ވެސް އެދިފަ އެވެ. ޒިމްބާބުވޭގެ ސިޔާސީ މަޝްރަހަށް އައިސްފައިވާ ބަދަލާ ގުޅިގެން، އެ މީހުން ގައުމަށް ހިނގައްޖެ ނަމަ ހައްޔަރުކޮށްފާނެ ކަމަށް ވަނީ ބުނެފަ އެވެ. އދ. އިން އޭރު ބުނެފައި ވަނީ ގޮތެއް ހޯދަމުންދާ ކަމަށެވެ. ރެފިއުޖީންނާއި ސިޔާސީ ހިމާޔަތް ހޯދާ މީހުންނަށް ތައިލެންޑުން ފުރުސަތެއް ނުދެ އެވެ. އެހެންވެ އެ މީހުންނަށް ތިބެން ޖެހުނީ އެއާޕޯޓުގެ ޑިޕާޗާ އޭރިއާގަ އެވެ. އެ މީހުންގެ ކަންކަން ބަލަހައްޓައިދިނީ އެއާޕޯޓް ސްޓާފުންނެވެ.

ތައި އިމިގްރޭޝަން ބިއުރޯ އިން ބުނީ ޒިމްބާބުވޭ އާއިލާ ހޯމަ ދުވަހު ބެންކޮކުން ފުރާފައިވާ ކަމަށެވެ. އެ އާއިލާ ދިޔައީ ފިލިޕީންސަށް ކަމަށްވެ އެވެ.