ސްޓޮކް އެކްސްޗޭންޖުގެ ކާމިޔާބު 10 އަހަރު
ސްޓޮކް އެކްސްޗޭންޖުގެ ކާމިޔާބު 10 އަހަރު

ރާއްޖޭގެ ސްޓޮކް މާކެޓަށް ނުވަތަ ހިއްސާގެ ބާޒާރަށް 10 އަހަރު ފުރިއްޖެ އެވެ. މިއީ ބޭރު ގައުމުތަކާ އަޅައި ބަލާއިރު ކުރު މުއްދަތެކެވެ. ނަމަވެސް، މި ކުރު މުއްދަތުގެ ތެރޭގައި، އެހެން ގައުމުތަކުގެ މާކެޓުތަކާ އެއް ހަމައެއްގައި ފައިތިލަ ހަމަ ކޮށްލުމަށް ބޮޑެތި އަދި ކާމިޔާބު މަސައްކަތްތަކެއް ވަނީ ކުރެވިފަ އެވެ.

ސްޓޮކް އެކްސްޗޭންޖުގެ ކާމިޔާބު 10 އަހަރު
ސްޓޮކް އެކްސްޗޭންޖުގެ ކާމިޔާބު 10 އަހަރު

ސްޓޮކް މާކެޓް މުޅިން ވަކި ތަނެއްގެ ގޮތުގައި ހިންގަން ފެށުމުގެ ކުރިން، 1998 ވަނަ އަހަރު މި މަސައްކަތް އޮތީ ނުސީދާކޮށް، މަރުކަޒީ ބޭންކްގެ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް ސެކްޝަނުގައި ޓްރޭޑިން ފްލޯއެއްގެ ގޮތުގައި ފެށިފަ އެވެ.

ސްޓޮކް އެކްސްޗޭންޖުގެ ކާމިޔާބު 10 އަހަރު
ސްޓޮކް އެކްސްޗޭންޖުގެ ކާމިޔާބު 10 އަހަރު

މިނިވަން ކުންފުންޏެއްގެ ގޮތުގައި ސްޓޮކް އެކްސްޗޭންޖް ވަކިވެގެން ދިޔައީ 2006 ވަނަ އަހަރު އެކުލަވައިލި މޯލްޑިވްސް ސެކިއުރީސް އެކްޓްގެ ދަށުން، 2008 ވަނަ އަހަރު އެވެ.

ސްޓޮކް އެކްސްޗޭންޖުގެ ކާމިޔާބު 10 އަހަރު
ސްޓޮކް އެކްސްޗޭންޖުގެ ކާމިޔާބު 10 އަހަރު

"ފުރަތަމަ އަހަރު އަޅުގަނޑުމެން އެންމެ ބޮޑަށް ކުރަން ޖެހުނު މަސައްކަތަކީ ސްޓޮކް އެކްސްޗޭންޖަކީ ކޮން ތަނެއްކަން، އިންވެސްޓް ކުރުމުގެ ފައިދާތަކަކީ ކޮބައިކަން އާންމުންނަށް ކިޔައިދޭން. އޭރު ރާއްޖޭގައި ހަމަ މިއީ އެއްގޮތަކަށް ވެސް ނެތް ކަމެއް،" ސްޓޮކް މާކެޓްގެ ހެޑް އޮފް އޮޕަރޭޝަންސް މުޖުތަބާ މޫސާ ވިދާޅުވި އެވެ.

ނަމަވެސް މިހާރު މި ވަނީ އެކަން އެއްކޮށް ބަދަލުވެފަ އެވެ. ސްޓޮކް އެކްސްޗޭންޖްގެ ވާހަކަ އަޑު ނީވޭ ދިވެއްސަކު މިހާރު މަދުވާނެ އެވެ. މިކަން އެންމެ ބޮޑަށް އެނގިގެން ދަނީ އެންމެ ފަހުން ސްޓޮކް އެކްސްޗޭންޖްގައި ލިސްޓް ކުރެވުނު އުރީދޫގެ ހިއްސާ ރެކޯޑް މިންވަރަކަށް ވިކިފައިވާތީ އެވެ.

"އާންމުންނަށް ސްޓޮކް އެކްސްޗޭންޖް އެނގުނު ކަމުގައިވީ ނަމަވެސް އަދިވެސް ގޮންޖެހުންތައް އެބަހުރި. މިސާލަކަށް ކީއްވެގެން ކަން އަޅުގަނޑުމެންނާއެކު އިންވެސްޓް ކުރަންވީ. ނުވަތަ ކުންފުނިތަކުން ކީއްވެގެންކަން ލިސްޓް ކުރަންވީ އެނގެން އެބަޖެހޭ،" ސްޓޮކް އެކްސްޗޭންޖް އުފެދުނީއްސުރެ މިއަދާ ހަމައަށް ވެސް އެތަނުގައި މަސައްކަތް ކުރަމުން އަންނަ މުޖުތަބާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އާންމުން އެންމެ ބޮޑަށް ސްޓޮކް އެކްސްޗޭންޖްގައި ބައިވެރިވެ، އިންވެސްޓް ކުރަންވީ ލިބެން ހުރި އެހެން އިންވެސްމަންޓްތަކާ އަޅައި ބަލާއިރު، ބަދަލުގައި ލިބޭ ފައިދާ ރަނގަޅުވުމުން ކަމަށެވެ. އަދި ކުންފުނިތަކުން ބައިވެރިވާންޖެހޭ ސަބަބުތަކުގެ ތެރޭގައި، ވިޔަފާރި ފުޅާ ކުރުމަށް ފައިސާ ހޯދަން ފަސޭހަވުމުގެ އިތުރުން ކުންފުނި ހިންގުމުގެ އޮނިގަނޑު ހަރުދަނާވެގެން ދިއުން އަދި ބެސްޓް ޕްރެކްޓިސް އަށް އަހުލުވެރިވުން ހިމެނެެ އެވެ.

"މިސާލަކަށް ބޭންކް އެކައުންޓެއްގައި ފައިސާ ބަހައްޓައިގެން އިންޓަރެސްޓްގެ ގޮތުގައި އަންނަ ރިޓާން އަށް ވުރެ ބޮޑު އެއްޗެއް ގިނަ ކުންފުނިތަކުން އެބަ ލިބޭ. ނަމަވެސް ވިޔަފާރިޔަކީ ގެއްލުމާއި ފައިދާވާ ކަމަކަށް ވުމާ އެކު ޑައިވާސިފައިޑް ޕޯޓްފޯލިއޯއެއް ގެންގުޅުމަކީ މުހިންމު ކަމެއް،" މުޖުތަބާ ވިދާޅުވި އެވެ.

ހަތަރު ކުންފުންޏަކާ އެކު ހުޅުވައިލި ހިއްސާގެ ބާޒާރުގެ އަގު (މާކެޓް ކެޕް) ނިމިދިޔަ އަހަރު ވަނީ 14.1 ބިލިޔަން ރުފިޔާ އަށް އަރައިފަ އެވެ. އަދި މިހާރު ކެޕިޓަލް މާކެޓުގައި، ތަފާތު ދާއިރާތަކުން 9 ކުންފުންޏެއް ހަރަކާތްތެރިވެ އެވެ.

ފާއިތުވި އަހަރުތަކުގައި ސްޓޮކް މާކެޓުގެ މަސައްކަތްތައް ފުޅާ ކުރުމަށް ވެސް ވަނީ ވަރަށް ބޮޑެތި މަސައްކަތްތަކެއް ކޮށްފަ އެވެ. އެގޮތުން ބޭރުގެ ހިއްސާގެ ބާޒާރުތަކާ ގުޅިގެން މަސައްކަތް ކުރުމުގެ އެއްބަސްވުންތައް އެކުލަވާލައި، އައިޕީއޯތަކުގައި އޮންލައިންކޮށް ބައިވެރިވެވޭ ގޮތަށް ތައްޔާރުކުރި "އިންފިނިޓީ" ޕޯޓަލް ފާހަގަ ކުރެވެ އެވެ.

މުޖުތަބާ ވިދާޅުވީ ކުރިމަގުގައި ބޭރު ގައުމުތަކުގައި ހިއްސާ ގަނެ ވިއްކޭ ގޮތަށް، ސެކަންޑަރީ މާކެޓް އިތުރަށް ހަރުދަނާ ކުރުމަށް ވެސް ބޮޑެތި މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އޮންލައިންކޮށް ސެކަންޑަރީ މާކެޓްގެ ހިއްސާ ގަނެ ވިއްކޭ ގޮތް ހެދުމަށް، މިހާރު ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

ރާއްޖެ ފަދަ ކުޑަ ގައުމެއްގައި ސްޓޮކް މާކެޓް ކުރު މުއްދަތެއްގެ ތެރޭގައި ފުޅާވެގެން ދިއުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް އެ ކުންފުނިން ދެކެ އެވެ. އަދި ކުރިމަގުގައި އިތުރު މަސައްކަތްތަކާ އެކު، އިތުރު ކާމިޔާބީތައް ހޯދުމަކީ އެ ކުންފުނީގެ އަމާޒެވެ.