ހައްޔަރުކުރި ލަންދޫ ކައުންސިލަރު ޝަރީއަތް ނިމެންދެން ބަންދަށް
ހައްޔަރުކުރި ލަންދޫ ކައުންސިލަރު ޝަރީއަތް ނިމެންދެން ބަންދަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި ނ. ލަންދޫ ކައުންސިލަރު އަބްދުﷲ އާރިފު، ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އެ ރަށު ކޯޓުން އަމުރުކޮށްފި އެވެ.

ނ. ލަންދު އަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުމުގެ ތުހުމަތުގައި މި މަހުގެ 10 ވަނަ ދުވަހުގެ ރޭ ހައްޔަރުކުރި މީހާގެ މައުލޫމާތު ފުލުހުން އަދި ހާމައެއް ނުކުރެ އެވެ. އެ މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން މި މަހުގެ 12 ވަނަ ދުވަހު ކޯޓުން އަމުރުކުރި ކަން ފުލުހުން ކަށަވަރުކޮށްދެ އެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި އާރިފް ހައްޔަރުކުރީ އެ ރަށު ބަނދަރުގައި އޮތް ދޯންޏެއްގައި އޭނާގެ ނަމުގައި ހުރި ފޮށިގަނޑަކުން މަސްތުވާތަކެތި ފެނުނު މައްސަލައިގަ އެވެ.