މިނިސްޓަރު އާސިމް، ސައުދީގެ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވައިފި
މިނިސްޓަރު އާސިމް، ސައުދީގެ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވައިފި

ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް، ސައޫދީ އަރަބިއްޔާގެ ފޮރިން މިނިސްޓަރު ޑރ. ޖުބެއިރާ މިއަދު ބައްދަލުކުރައްވައިފި އެވެ.

ޖިއްދާގައި ހުންނަ އޯގަނިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަންގެ މައި އޮފީހުގައި ބޭއްވި އެ ބައްދަލުވުމުގައި އާސިމް ވަނީ، ބައިނަލްއަގުވާމީ އެކި ކަންކަމުގައި ސައޫދީ އާއި އެ ގައުމުގެ ރައްޔިތުންނާ އެއްކޮށް ދިވެހި ސަރުކާރުން އަބަދު ވެސް ދެމި އޮންނާނެ ކަމަމުގެ ޔަގީންކަން ދެއްވާފައި ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުންޏެވެ.

އިގުތިސޯދީ ގޮތުންނާއި ރާއްޖެ ތަރައްގީ ކުރުމުގައި ސައޫދީން ދެމުން އަންނަ އެހީތެރިކަމަށް ވެސް އާސިމް ވަނީ ޝުކުރު ދަންނަވައިފަ އެވެ.

މި ބައްދަލުކުރުމުގައި ވާހަކަ ދައްކަވަމުން ސައޫދީގެ ފޮރިން މިނިސްޓަރު ވަނީ ރާއްޖެއާ ގުޅުން ބަދަހިކޮށް ހަރުދަނާ ކުރުމާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައި ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.