އިންޑިއާއިން ހިލަ ހިފައިގެން އައި ބަނޑެއް ދިޔަވާން ފެށުމުން އިންޑަސްޓްރިއަލް ވިލެޖަށް ހުސްކުރަނީ
އިންޑިއާއިން ހިލަ ހިފައިގެން އައި ބަނޑެއް ދިޔަވާން ފެށުމުން އިންޑަސްޓްރިއަލް ވިލެޖަށް ހުސްކުރަނީ

އެމްޓީސީސީން އެކި ރަށްރަށުގައި ހިންގާ ޕްރޮޖެކްޓްތަކަށް ބޭނުންކުރަން އިންޑިއާއިން ބޮޑު ހިލަ ހިފައިގެން މާލެ އައި ބަނޑެއް ފޫގޮސް އަރިއަޅާލުމުން، އޭގައި ހުރި ހިލަަތައް، އަލަށް ހަދާ އިންޑަސްޓްރިއަލް ވިލެޖަށް ހުސްކުރަން ފަށައިފި އެވެ.

އިންޑިއާއިން ހިލަ ހިފައިގެން އައި ބަނޑެއް ދިޔަވާން ފެށުމުން އިންޑަސްޓްރިއަލް ވިލެޖަށް ހުސްކުރަނީ
އިންޑިއާއިން ހިލަ ހިފައިގެން އައި ބަނޑެއް ދިޔަވާން ފެށުމުން އިންޑަސްޓްރިއަލް ވިލެޖަށް ހުސްކުރަނީ

"މިހާރު"އަށް އެނގިފައިވާ ގޮތުގައި މި ބަނޑުގައި ގާތްގަނޑަކަށް 3،500 ޓަނުގެ ހިލަ ހުއްޓެވެ. މި ބަނޑު އިންޑަސްޓްރިއަލް ވިލެޖަށް ކައިރިކޮށް ހިލަތައް ބާލަން ފެށީ މިއަދު އެވެ. މީގައި ހުރި ބައެއް ހިލަ ތ. ތިމަރަފުށީ އެއާޕޯޓުގެ ކަނޑުތޮށިލާ ސަރަހައްދުގައި ޖެހުމަށް ގެންދާ ގޮތަށް ހަމަޖެހިފައިވާކަން ވެސް ވަނީ އެނގިފަ އެވެ.

މިފަދަ އުޅަނދުތައް ބަނދެފައި ހުންނަ ގޮތުން، އެއް ދިމާލަކުން ފޫ ދިޔަ ކަމުގައި ވިޔަސް މުޅި އުޅަނދުގެ ތެރޭ ދިޔަ ބޮޑެއް ނުވާނެ އެވެ. އެއީ ބައިތައް ވަކިން، ކޮންމެ ބައެއް ވެސް ބަންދުވެފައި ހުންނާތީ އެވެ.

ބަނޑު އަރިއަޅާލީ ކޮން ހިސާބަކުން ކަމެއް އަދި އެއިން ގެނައި ހުރިހާ ހިލައެއް ސަލާމަތްކުރެވުނު ކަމެއް ނޭނގެ އެވެ.

މިކަމާ ގުޅޭ ގޮތުން އެމްޓީސީސީ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.

އެމްޓީސީސީން ތަރައްގީކުރަމުން އަންނަ އިންޑަސްޓްރިއަލް ވިލެޖަށް ބާޖު ކައިރިކުރުމަށް ފަހު ހިލަތައް ބާލަމުން ދަނީ އެކްސްކަވޭޓަރެއް ބޭނުންކޮށްގެންނެވެ.