ކޯސްތައް ހިންގަން ވިލާ ކޮލެޖާއި ށ. އަތޮޅު ކައުންސިލުން ސޮއިކޮށްފި
ކޯސްތައް ހިންގަން ވިލާ ކޮލެޖާއި ށ. އަތޮޅު ކައުންސިލުން ސޮއިކޮށްފި

ކޯސްތައް ހިންގަން ށ. އަތޮޅު ކައުންސިލާއި ވިލާ ކޮލެޖާ ދެމެދު އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

އެ ކޮލެޖުގައި ބޭއްވި ރަސްމިއްޔާތުގައި އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ވިލާ ކޮލެޖުގެ ރެކްޓާ ޑރ. އަހުމަދު އަންވަރު އަދި ށ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު އާރިފެވެ.

އެ އަތޮޅު ފުނަދޫގައި މިހާރު ވެސް ވިލާގެ ކެމްޕަހެއް ހުރެ އެވެ. ނަމަވެސް މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން، އަތޮޅު ކައުންސިލް ބޭނުންވާ ބައެއް ޕްރޮގްރާމްތައް ކެމްޕަހުގައި ހިންގާނެ އެވެ. އޭގެ ތެރޭގައި މީހުން ބިނާކޮށް ތަރައްގީކުރުމުގެ ޕްރޮގްރާމުތައް ހިމެނެ އެވެ.

ހިއުމަން ރިސޯސް މެނޭޖްމަންޓް ކޯހާއި ޔުނިވާސިޓީ ޕްރެޕަރޭޓަރީ ޕްރޮގްރާމު ވެސް އެ އެއްބަސްވުމުން ކިޔަވައިދޭނެ ކަމަށް އެ ކޮލެޖުން ބުންޏެވެ.