މާސް އަށް ކަރަންޓްލުމަށް ނިއުކްލިއާ ރިއެކްޓަރެއް
މާސް އަށް ކަރަންޓްލުމަށް ނިއުކްލިއާ ރިއެކްޓަރެއް

ނާސާއިން ރާވަނީ ހަނދު ފަހަނައަޅައި ދަތުރުކުރުމަށެވެ. އެކަމަކު، ހަނދުން ބިއްދޮށަށް ކުރާ ދަތުރުތަކުގައި، ހަނދަކީ މުހިންމު ބަނދަރެކެވެ. އެހެންވެ، އެހެން ޕްލަނެޓެއްގައި ދިރުން ގޮވާންކުރުމުގެ ކުރިން، ހަނދަށް ކަރަންޓްލާންޖެހެ އެވެ. ގޮސް އައިސްވުމަށް ފަސޭހައަކަށެވެ.

ސައިންސްވެރިންނަށް ގަބޫލުކުރެވޭ ގޮތުގައި، އިންސާނީ ދަރިފަސްކޮޅު އާބާދުވުމަށް، މާސް އަށް ވުރެ އެހެން ޕްލަނެޓެއް އެކަށީގެނެއް ނުވެ އެވެ. އެހެންވެ، މާސްގައި ގޭބިސީއެއް އާބާދުވެވޭ މިންވަރަށް، ދެމެހެއްޓެނިވި ކަރަންޓް ފޯރުކޮށްދޭން ޖެހެ އެވެ.

މާސް އަށް ކަރަންޓްލުމަށް ނާސާއިން ފޮނުވަނީ ނިއުކްލިއާ ރިއެކްޓަރެކެވެ. އެ އަށް ކިޔަނީ "ކިލޯޕަވާ" އެވެ. ސައިންސްވެރިން ދެކޭ ގޮތުގައި، އެވްރެޖް ދެ ގޭބިސީއަކަށް ޖެހޭ ޒަރޫރީ ބޭނުންތަކަށް ކިލޯޕަވާ ފުދޭނެ އެވެ. އޭގެ ބާރު 10 އަހަރު ވަންދެން ބަރާބަރަށް ދަމަހައްޓާނެ އެވެ.

މާސް އަށް ކަރަންޓް ދިނުމަށް، ނިއުކްލިއާ ޕަވާ އަށް ވުރެ ކަށަވަރު އެހެން ވަސީލަތެއް، ސައިންސްވެރިންނަށް އަދި ލިބިފައެއް ނުވެ އެވެ. ޖައްވީ ހޯދުންތަކުން ލިބިފައި ހުރި މައުލޫމާތަށް ބަރޯސާކޮށް، ނާސާގައި ގާއިމުކުރަންޖެހެނީ، ގޮތް ނޭނގޭ މޫސުމީ ބަދަލުތަކަށް ވެސް ކެތްކުރެވޭ ފެންވަރުގެ ނިޒާމެކެވެ.

އަވިން ކަރަންޓް ދިނުމަށް ބަލާއިރު، އެ ނިޒާމުގައި ދެހެމެއްޓުންތެރިކަމެއް ނެތެވެ. އިރުގެ އަލި މާސް ފޯރުމުގައި ހުރި ހުރަސްތަކާ ހެދި "ސޯލާ ޕަވާ" އަކީ ލިސްޓްކުރެވެން ނެތް ވަސީލަތެކެވެ. ދުވަސްތައް އަހަރު ދުވަހަށް ބަހާލާއިރު، މާސް އަށް ބަރާބަރަށް އަވިނުދޭ ދުވަސްތަކެއް ވެސް އާދެ އެވެ. މާސްގެ ބިމުގައި ހިނގާ ހިރަފުސް ތޫފާނުންތަކުގެ ސަބަބުން ވެސް ބިމަށް އަލި ފޯރުމަށް ބުރޫއަރަ އެވެ.

ހަނދަށް ނުވަތަ މާސް އަށް، އިންސާނުން ކޮންމެވެސް ދުވަހަކުން ދަތުރުކުރާނެ އެެވެ. މިއީ އަދި ޚިޔާލެއް ނަމަވެސް، އުންމީދީ ވިސްނުމެވެ. އެ ގޮތުގައި ބަޔަކު އެއިން ބިމަކަށް ފައިބާއިރު، އެ ތަނެއް ހިންގާނެ ހަކަތަ ކޮންމެހެން ވެސް ހުންނަން ޖެހެ އެވެ. މާސް އަށް ނިއުކްލިއާ ހަކަތައިން ކަރަންޓް ދިނުމަށް ނާސާ ވިސްނާ ސަބަބަކީ މިއީ އެވެ.

ނާސާއިން ބުނާ ގޮތުގައި، ނިއުކްލިއާ ރިއެކްޓަރު އުފައްދައި ޓެސްޓްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ފިޔަވަހިތަކަކަށް ވަނީ ބަހާލެވިފަ އެވެ. އަދި ކާމިޔާބުކަމާ އެކު، އެ ހުރިހާ މަސައްކްތެއް ކުރި އަށް އެބަ ދެ އެވެ.