22 ޖެނުއަރީ 2018 - 06:07

ރަންވީރު ސިންގް އެންމެ ފަހުން ކުޅުނު "ޕަދްމާވަތު"ގައި އޭނާ ކުޅުނު އަލާއުއްދީން ޚިލްޖީ ކިޔާ ވަރަށް ވަރުގަދަ ނުލަފާ ރަސްކަލެއްގެ ރޯލަށް އޭނާއަށް ޖެހުނީ ހަށިގަނޑުގައި މަސް ޖައްސައި ވަރުގަދަކުރާށެވެ. އެހެންވެ މިދިޔަ އަހަރު އެއްކޮށް ރަންވީރު ފެނުނީ ވަރަށް ވަރުގަދަ ބިޔަ ހަށިގަނޑެއް ހުރި މީހެއްގެ ގޮތުގަ އެވެ. ނަމަވެސް އެ ފިލްމުގެ މަސައްކަތް ނިމި "ގަލީ ބޯއީ"ގެ މަސައްކަތް ފެށުމަށްޓަކައި ރަންވީރަށް އަނެއްކާވެސް އޭނާގެ ހަށިގަނޑަށް ބޮޑު ބަދަލެއް ގެންނަން ޖެހުނެވެ. މިފަހަރު ރަންވީރު ހުންނަން ޖެހެނީ ވަރަށް ހިކިކޮށެވެ.
ރަންވީރު ވަނީ "ޕަދްމާވަތު"ގައި ހުރި ބިޔަ ބޮޑު މީހެއްގެ ސިފަ ދޫކޮށް ހިކިފައި ހުއްޓާ ނަގާފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި ޝެއާ ކޮށްފަ އެވެ. އޭނާއަށް މިއީ ވަރަށް ފަސޭހަ ކަމެއް ކަމަށް ބެލެވުނަސް ފަލަވެފައި ހިކުމަކީ ގިނަ މީހުންނަށް ވަރަށް އުނދަގޫ ކަމެކެވެ.
ރަންވީރު މިހާރު ކުޅެމުން އަންނަ "ގަލީ ބޯއީ" އަކީ ޒޯޔާ އަޚްތަރު ޑައިރެކްޓްކުރާ ފިލްމެކެވެ. މިއީ ހިންދީ ފިލްމު އިންޑަސްޓްރީގެ އަނދިރިފަރާތް ދައްކައިދޭ ފިލްމެއް ކަމަށް ޚަބަރުތައް ބުނެ އެވެ. އާލިއާ ބަޓް ބަތަލާގެ ރޯލު އަދާކުރާ މި ފިލްމުގެ ޝޫޓިން މިހާރު ވަނީ ފަށާފަ އެވެ.