އޭސީސީއޭ އިމްތިހާނުން މެޕްސް ކޮލެޖަށް ބޮޑު ކާމިޔާބީއެއް
އޭސީސީއޭ އިމްތިހާނުން މެޕްސް ކޮލެޖަށް ބޮޑު ކާމިޔާބީއެއް

އޭސީސީއޭގެ މިދިޔަ މަހު އިމްތިހާނުން މެޕްސް ކޮލެޖު ބޮޑު ކާމިޔާބީއެއް ހޯދައިފި އެވެ.

އޭސީސީއޭ އިމްތިހާނުން މެޕްސް ކޮލެޖަށް ބޮޑު ކާމިޔާބީއެއް
އޭސީސީއޭ އިމްތިހާނުން މެޕްސް ކޮލެޖަށް ބޮޑު ކާމިޔާބީއެއް

އެ ކޮލެޖުން ބުނިގޮތުގައި މިދިޔަ މަހުގެ އިމްތިހާނުގައި ދުނިޔޭގެ ފާސް ރޭޓަށްވުރެ މަތީން މެޕްސްގެ ދަރިވަރުން ގިނަ މާއްދާތަކުން ވަނީ ކުރިިއެރުން ހޯދައިފަ އެވެ. އެގޮތުން އޭސީސީއޭގެ ޑިޕްލޮމާ ލެވެލްގައި ހިމެނޭ ތިން މާއްދާ އާއި އެޑްވާސްޑް ޑިޕްލޮމާގެ ދެ މާއްދާއިން ރަނގަޅު ނަތީޖާއެއް ހާސިލްކޮށްފައިވާ ކަމަށް ވެސް ބުންޏެެވެ.

އޭސީސީއޭގެ ގޯލްޑް ޓިއުޝަން ޕްރޮވައިޑާ ސްޓޭޓާސް، ފާއިތުވި ދެ އަހަރު އެ ކޮލެޖަށް ވަނީ ލިބިފަ އެވެ. މިދިޔަ މަހުގެ އިމްތިހާނުގެ ނަތީޖާއާ އެކު އެ އެވޯޑު ދަމަހައްޓާނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަން ވެސް މެޕްސް އިން ފާހަގަކުރި އެވެ.

މެޕްސް ކޮލެޖަކީ ރާއްޖޭގައި އެންމެ ފުރަތަމަ އޭސީސީއޭގެ ކޮލިފިކޭޝަން ކިޔަވައިދޭން ފެށި އަމިއްލަ މަރުކަޒެވެ. އެގޮތުން 2000 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއްނެތި، އޭސީސީއޭގެ ތަފާތު ޕްރޮގްރާމްތައް އެ ކޮލެޖުން އަންނަނީ ހިންގަމުންނެވެ. އަދި 2001 ވަނަ އަހަރުން ފެށިގެން އޭސީސީއޭގެ ކޮމްޕިއުޓާ ބޭސްޑް އެގްޒާމް ސެންޓަރެއް ރަޖިސްޓްރީކޮށް، މެދުކެނޑުމެއްނެތި ކޮންމެ އަހަރަކު ވެސް އެތައް ދަރިވަރުންނެއް އޭސީސީއޭގެ އިމްތިހާނުތައް ހަދަމުން ދެ އެވެ.