22 ޖެނުއަރީ 2018 - 06:05

ކާބޯތަކެތި ހޫނުކުރުމާއި ކެއްކުމަކީ ހަމައެކަނި އުނދުނާއި އަވަނުގައި ކުރާ ކަމެއް ނޫނެވެ. ކާތަކެތި އަލިފާން ނުލައި ހޫނުކުރެވޭނެ ގޮތްގޮތް މިހާރު އެނގެ އެވެ. ނަމަވެސް ކުދިކުދި ކޮންޓޭނަރުގައި ބަހައްޓައިގެން ހޫނުކުރެވޭނެ ގޮތެއް ވެސް ހޯދައިފިއެވެ.
"ޔާބުލް ކުކް" އަކީ ހޫނުކުރާ ކުދި ކޮތަޅުތަކަށް ކާތަކެތި އަޅައިގެން ރައްކާތެރި ގޮތުގައި ކާނާ ހޫނުކޮށްދޭ ސިލިކޯން ތަށިތަކެކެވެ. މިސިސްޓަމް މަސައްކަތްކުރަނީ "އައުޓްޑޯ ހީޓިން ޕެކް"ގެ އެހީގައެވެ. ފުރަތަމަ ސިލިކޯން ކޮންޓެއިނަރުގެ މަތިގަނޑު ނަގާފައި ހީޓިން ޕެކް ބާއްވާނީއެވެ. ދެން މަތި ބަންދުކުރި އެއްޗެއްގައި ނުވަތަ ޒިބުދަމާ ކޮތަޅަކަށްލުމަށް ފަހު ހޫނުކުރަން ބޭނުންވާ ތަކެތި ހީޓިން ޕެކް މަތީ ބަހައްޓާނީއެވެ. އެއަށްފަހު ތަށީގެ ތެރެއަށް ފެން އެޅުމުން 10ވަރަކަށް މިނިޓްތެރޭ ގަދައަށް ކައްކާލަދެއެވެ. ޔާބުލް ކުކް ތަށްޓަކީ 97 ޑިގްރީއަށް ހޫނުކުރެވޭ ފެންވަރުގެ ތައްޓެކެވެ.
މީގެ ހޫނުކުރެވޭ އެހެން ތަށިތައްޓާ މިއާ ހުރި ތަފާތަކީ މިއީ ސިލިކޯންއިން އުފައްދާފައިވާ ތައްޓަކަށްވާތީ އުނދަގުލެއް ނެތި، އޮޅާލާ ބަންދުކޮށްލެވެއެވެ. އުފުލާ ގެންގުޅެންވެސް ފަސެހައެވެ. މީގެ ތަށްޓަކާއި 5 ހީޓިން ޕެކް އާއި ޒިބު ކޮތަޅުގެ 5 ކޮތަޅާ އެކު މިހާރު ވިއްކަން ހުރީ 35 ޑޮލަރަށެވެ.
މީގެ ހީޓިން ޕެކް ބޭނުންކުރެވޭނީ އެއްފަހަރެވެ. މިއީ ވަކިން ވެސް ވިއްކަންހުރި ކޮތަޅުތަކެކެވެ. 25 ކޮތަޅުގެ ބޮނޑިއެއް ލިބެން ހުރީ 26 ޑޮލަރަށެވެ. 50 ކޮތަޅުގެ ބޮނޑިއެއްގެ އަގަކީ 45 ޑޮލަރެވެ.