ވުޑީ އެލަންއާ އެކު ދެން ދުވަހަކު ވެސް މަސައްކަތެއް ނުކުރާނަން: ކޮލިން ފާތު
ވުޑީ އެލަންއާ އެކު ދެން ދުވަހަކު ވެސް މަސައްކަތެއް ނުކުރާނަން: ކޮލިން ފާތު

މަޝްހޫރު ޑައިރެކްޓަރު ވުޑީ އެލަން އެޑަޕްޓް ކުރި އަންހެން ދަރިފުޅު ޑައިލަން ފެރޯ އަށް އޭނާގެ ފަރާތުން ކުރިމަތިވި ޖިންސީ ގޯނާތަކުގެ ވާހަކަތައް މީޑިއާތަކަށް ވަރަށް ތަފުސީލުކޮށް ކިޔައި ދީފައި ވަނިކޮށް، އިނގިރޭސިވިލާތުގެ މަޝްހޫރު އެކްޓަރު ކޮލިން ފާތު، ވުޑީއާ އެކު ދެން މަސައްކަތެއް ނުކުރާނެ ކަމަށް ބުނެފި އެވެ.

ވުޑީ އެލަންއާ އެކު ދެން ދުވަހަކު ވެސް މަސައްކަތެއް ނުކުރާނަން: ކޮލިން ފާތު
ވުޑީ އެލަންއާ އެކު ދެން ދުވަހަކު ވެސް މަސައްކަތެއް ނުކުރާނަން: ކޮލިން ފާތު

އޮސްކާ ވެސް ހާސިލްކޮށްފައިވާ ކޮލިންއަކީ ވުޑީއާ އެކު ދެން މަސައްކަތް ނުކުރާނެކަން ރަސްމީކޮށް އިއުލާން ކުރި ފުރަތަމަ ފިރިހެން ފަންނާނެވެ. އޭނާ ވަނީ 2014 ގައި ވުޑީ ޑައިރެކްޓް ކުރި "މެޖިކް އިން ދަ މޫންލައިޓް" ގައި މަސައްކަތްކޮށްފަ އެވެ.

"ލަވް އެކްޗްލީ" އާއި "ބްރިޖެޓް ޖޯންސް ޑައިރީ" އަދި "ކިންގްސްމަން" ފަދަ މަޝްހޫރު ފިލްމްތައް ކުޅެފައިވާ 57 އަހަރުގެ އެކްޓަރު "ދަ ގާޑިއަން" އަށް ބުނީ ދެން ދުވަހަކު ވެސް ވުޑީގެ ފަރާތުން ލިބޭ ފުރުސަތެއް ބޭނުން ނުހިފާނެ ކަމަށެވެ. އަދި އެގޮތަށް ނިންމީ ޖިންސީ ފުރައްސާރައާ ދެކޮޅުކަން ހާމަ ކުރުމަށާއި ނުފޫޒު ގަދަ މީސްމީހުންގެ ވަކިތަކުގެ ދަށުވެފައިވާ މީހުން އިންސާފަށް ކުރާ މަސައްކަތްތަށް އެއްބާރުލުން ދިނުމުގެ ގޮތުން ކަމަށް ކޮލިން ބުންޏެވެ.

ޑައިލަން ބުނި ގޮތުގައި "ބައްޕަ" ވުޑީގެ ފަރާތުން އޭނާ އަށް ޖިންސީ ގޯނާ ލިބެން ފެށީ އުމުރުން އެންމެ 7 އަހަރުގަ އެވެ. އަދި ފުރާވަރަށް އަރަންދެން ވެސް އެ ހިތްދަތި ތަޖުރިބާގެ ތެރޭގައި އުޅެން ޖެހުނު ކަމަށް ބުންޏެވެ.

އަދި މި ވާހަކަތައް މިހާރު އެހާ ތަފުސީލުކޮށް ހުރިހާ އެންމެންނަށް ވެސް އެނގޭނެހެން ދައްކަން ބޭނުންވީ ޖިންސީ ގޯނާގެ މައްސަލަ އިންތިހާ އަށް ބޮޑުވެފައިވާތީ ކަމަށް 32 އަހަރުގެ ޑައިލަން ބުންޏެވެ.

ވުޑީއާ އެކު މަސައްކަތް ނުކުރަން ބައެއް ބަތަލާއިން ވެސް މިހާރު ވަނީ ނިންމައިފަ އެވެ. އޭގެ ތެރޭގައި އޭނާގެ ކުރިއަށް އޮތް ފިލްމް "އަ ރެއިނީ ޑޭ އިން ނިއުޔޯކް" ގެ ބަތަލާ ރެބެކާ ހޯލް ހިމެނެ އެވެ. އެ ފިލްމުން އޭނާ އަށް ލިބުނު އާމްދަނީ ރެބެކާ ވަނީ ފުރައްސާރައާ ދެކޮޅަށް ހިންގާ ކެމްޕޭން "ޓައިމްސް އަޕް" ފަންޑަށް ހަދިޔާ ވެސް ކޮށްފަ އެވެ.