ބުދު ދީނުގެ ދެ މީހަކާ މެދު ބަޔަކު ނުރުހުން ފާޅުކުރުމުން ފުލުހުން ހިމާޔަތް ދީފި
ބުދު ދީނުގެ ދެ މީހަކާ މެދު ބަޔަކު ނުރުހުން ފާޅުކުރުމުން ފުލުހުން ހިމާޔަތް ދީފި

ބުދު ދީނުގެ ދެ ހާމުދުރަކު މާލެ އައިސް އުޅެނިކޮށް ބަޔަކު ހިތްހަމަނުޖެހުން ފާޅުކުރަން ފެށުމުން އެ މީހުންނަށް ފުލުހުން ހިމާޔަތް ދީފި އެވެ.

ފުލުހުން ބުނީ އެ ދެ ހާމުދުރުން މިއަދު މަގުމަތީގައި އުޅެނިކޮށް ދިވެހިންގެ ބަޔަކު ހިތްހަމަނުޖެހުން ފާޅުކުރަން ފެށުމުން ފުލުހުންގެ ބެލުމުގެ ދަށުން، އެ ދެ މީހުން ތިބޭ ހޮޓަލާ ހަމައަށް ގެންގޮސްދީފައިވާ ކަމަށެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.

މި ހާމުދުރުންނަށް ހަމަލާ ދޭން އުޅުނު ކަމަށް ވާހަކަ ދެކެވުނަސް އެފަދަ ކަމެއް ނުހިނގާ ކަމަށްވެ އެވެ. މިއީ ކޮން ގައުމަކުން އައިސް އުޅޭ ބައެއް ކަމެއް ނޭނގެ އެވެ.

މީގެ ދެތިން އަހަރު ކުރިން ވެސް ބުދު ދީނުގެ ބަޔަކު ހުޅުމާލޭގައި އުޅެނިކޮށް ފެނިގެން ސޯޝަލް މީޑިއާގައި ބައެއް މީހުން ހިތްހަމަ ނުޖެހުން ފާޅުކުރި އެވެ.