އާޓިފިޝަލް ބީޗްގައި ހުރި ތިން ރެސްޓޯރަންޓް ހުސްކުރަން އަންގައިފި
އާޓިފިޝަލް ބީޗްގައި ހުރި ތިން ރެސްޓޯރަންޓް ހުސްކުރަން އަންގައިފި

އާޓިފިޝަލް ބީޗްގައި ހިންގާ ތިން ރެސްޓޯރަންޓެއް ހުސްކުރަން ހައުސިން މިނިސްޓްރީން އަންގައިފި އެވެ.

އެތަނުގައި ރެސްޓޯރަންޓެއް ހިންގާ ކުންފުންޏެއްގެ އޮފިޝަލަކު ވިދާޅުވީ އާޓިފިޝަލް ބީޗް ތަރައްގީކުރަން އެތަން ހުސްކުރަން ޖެހޭ ކަމަށް ހައުސިން މިނިސްޓްރީން މިދިޔަ ހަފުތާގައި ސިޓީއަކުން އަންގާފައިވާ ކަމަށެވެ. އެގޮތުން އަންނަ އޭޕްރިލް މަހުގެ ނިޔަލަށް ހުސްކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިކަމާ ބެހޭ ގޮތުން ހައުސިން މިނިސްޓްރީގެ ބަހެއް ލިބޭ ގޮތެއްނުވި އެވެ.

އާޓިފިޝަލް ބީޗްގައި މިވަގުތު ހިންގަނީ ޑައިންމޯގެ ރެސްޓޯރަންޓަކާއި "ބްރޭކްވޯޓާ" އާއި "ބްލޫ ބޭ" އެވެ.

އާޓިފިޝަލް ބީޗްގައި ހިންގާ ތިން ރެސްޓޯރަންޓެއް ހުސްކުރަން ހައުސިން މިނިސްޓްރީން އެންގިއިރު އާޓިފިޝަލް ބީޗް ސަރަހައްދުގައި ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒްގެ ހަރަދުގައި މިސްކިތެއް އަޅަން ވަނީ ފަށައިފަ އެވެ.