"ޖެމިނީ މޭން" ގައި ވިލް ސުމިތުގެ ބަތަލާއަކަށް މޭރީ އެލިޒަބަތު
"ޖެމިނީ މޭން" ގައި ވިލް ސުމިތުގެ ބަތަލާއަކަށް މޭރީ އެލިޒަބަތު

ވިލް ސުމިތު ވަރަށް ތަފާތު ދެ ކެރެކްޓާއެއް ކުޅޭ ފިލްމް "ޖެމިނީ މޭން" ގެ ބަތަލާއަކަށް މޭރީ އެލިޒަބެތު ވިންސްޓެޑް ހަމަޖައްސައިފި އެވެ.

"ޖެމިނީ މޭން" ގައި ވިލް ސުމިތުގެ ބަތަލާއަކަށް މޭރީ އެލިޒަބަތު
"ޖެމިނީ މޭން" ގައި ވިލް ސުމިތުގެ ބަތަލާއަކަށް މޭރީ އެލިޒަބަތު

ޕެރަމައުންޓާއި ސްކައިޑާންސުން ގެނެސްދޭ ފިލްމްގެ ބަތަލާއަކަށް ފައިނަލް ޑެސްޓިނޭޝަން 3 (2006) އާއި ޑެތު އޮފް ޕްރޫފް (2007) ފަދަ ފިލްމްތައް ކުޅެފައިވާ 33 އަހަރުގެ ބަތަލާ ހަމަޖެއްސީ "ޖެމިނީ މޭން" އަށް ބަތަލާއަކު ހޯދަން އަތްފުނާ އަޅަމުން އަންނަތާ ދުވަސްކޮޅެއް ފަހުންނެވެ.

ކުރިން އަޑު އަރާފައި އޮތް ގޮތުން ފިލްމްގެ ބަތަލާގެ ރޯލުން ފެނުން ގާތީ "އޯފަން ބްލަކް" ގެ ބަތަލާ ޓަޓިއާނާ މަޒްލާނީ އެވެ. ނަމަވެސް މޭރީ ފިލްމްގެ ކާސްޓަށް ވައްދައިލުމާ އެކު، "ޖެމިނީ މޭން" ގެ ބަތަލާއަކާ ބެހޭ ގޮތުން ތުންތުންމަތިން ދެކެވުނު ވާހަކަތަކަށް މި ވަނީ ނިމުމެއް އައިސްފަ އެވެ.

ލައިފް އޮފް ޕައި (2012) އާއި ކްރައުޗިން ޓައިދާ ދަ ހިޑެން ޑްރަގަން (2000) ފަދަ މޮޅެތި އަދި ކާމިޔާބު ފިލްމްތައް ހަދައިގެން އޮސްކާ ވެސް ހާސިލްކޮށްފައިވާ ޓައިވާންގެ ޑައިރެކްޓަރު އެންގް ލީ ޑައިރެކްޓް ކުރާ "ޖެމިނީ މޭން" ގެ ޝޫޓިން އަންނަ މަހު ފަށާ ގޮތަށް ވެސް މިހާރު ވަނީ ނިންމައިފަ އެވެ.

މި އެކްޝަން ތުރިލާގެ ވިލަންގެ ރޯލުން ކްލިވެ އޮވެން ފެނިގެންދާ އިރު، ފިލްމް ސިނަމާތަކަށް އަންނާނީ އޮކްޓޯބަރު، 4، 2019 ގަ އެވެ.