އެޗްޑީސީގެ ޗެއާމަންކަމުން ފުއާދު ވަކިކޮށްފި
އެޗްޑީސީގެ ޗެއާމަންކަމުން ފުއާދު ވަކިކޮށްފި

ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)ގެ ޗެއާމަންގެ މަގާމުގައި ހުންނެވި ފުއާދު ގާސިމް އެ މަގާމުން އިއްޔެ ވަކިކޮށްފި އެވެ.

ޕްރައިވަޓައިޒޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރު ވިދާޅުވީ ފުއާދު އެ މަގާމުން ވަކި ކޮށްފައިވާ އިރު ވަރަށް އަވަހަށް އިތުރު ބޭފުޅަކު އެ މަގާމަށް އައްޔަން ކުރައްވާނެ ކަމަށެވެ.

ފުއާދު އެ މަގާމަށް އައްޔަން ކުރައްވާފައިވަނީ 2016 ވަނަ އަހަރުގެ މާޗް މަހުގެ ތިން ވަނަ ދުވަހު އެވެ. ފުއާދު ހަވާލުވުމުގެ ކުރިން އެ މަގާމުގައި ހުންނެވީ މުހައްމަދު އަސީލެވެ.

ޖުމްހޫރީ ޕާޓީގައި އިސްކޮށް އުޅުއްވުމަށް ފަހު ޕީޕީއެމަށް ބަދަލުވި ފުއާދަކީ ފިޝަރީޒް މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.