17 ޖެނުއަރީ 2018 - 14:38

ކެލިފޯނިއާ (ޖެނުއަރީ 17) - ކެލިފޯނިއާގައި ގެއެއްގައި ޗޭނު ޖަހާފައި ބަންދުކޮށްފައި ތިއްބާ ސަލާމަތް ކުރި 13 ކުދިންނަށް ވަނީ އަނިޔާދީފައި ކަމަށް ފުލުހުން ބުނެފި އެވެ.
ރިވަސައިޑް ކައުންޓީގެ ފުލުހުން ބުނީ ކުދިން ސަލާމަތް ކުރަން ފުލުހުން ގެއަށް ދިއުމުން މަންމަ އަށް ހައިރާންކަން ލިބުނު ކަމަށެވެ. ބަންދުކޮށްފައި ތިބި އެއް އާއިލާ އަށް ނިސްބަތްވާ ކުދިންގެ އުމުރަކީ 2-29 އަހަރެވެ.
ފުލުހުން ބުނީ ބަންދުގައި ޗޭނު ޖަހާފައި ތިބި ކުދިންގެ މައިން ބަފައިން ކަމަށްވާ ޑޭވިޑް ޕާޓިން އާއި ލުއިސް ޓާޕިންގެ މައުލޫމާތު ކުރިން ލިބިފައި ނުވާ ކަމަށެވެ. ދަރިންނަށް އަނިޔާ ދިން ކަމުގެ ތުހުމަތުގައި އެ ދެ މީހުން މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ.
ކުދިން ސަލާމަތްވީ އެ އާއިލާ އަށް ނިސްބަތްވާ 17 އަހަރުގެ ކުއްޖަކު ގޭގެ ކުޑަދޮރުން ފުންމާލައިގެން ގޮސް ފުލުހުންނަށް އެކަން ރިޕޯޓް ކުރުމުންނެވެ. ފުލުހުން ބުނީ 17 އަހަރު ކުއްޖާ ވެސް ހުރީ ވަރަށް ބޮޑަށް ހިކިފައި ކަމަށާއި ފެންނަ ފެނުމަށް އެ ކުއްޖާ ހީވަނީ 10 އަހަރުގެ ކުއްޖެއްހެން ކަމަށެވެ.
ފުލުހުން ބުނީ ބަންދުގައި ތިބި މީހުންގެ ތެރޭން ތިން ކުދިން ތިބީ ޗޭނު ޖަހާފައި ކަމަށެވެ. ސަލާމަތް ކުރި ކުދިންނަށް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. ބަންދުކޮށްފައި ތިބި ބޮޑެތި ހަތް މީހުންނަށް ވެސް ކާނާ ނުލިބިވާތީ އެ މީހުން ވެސް ތިބީ ވަރަށް ބޮޑަށް ހިކި އަނަރޫފަވެފަ އެވެ.