17 ޖެނުއަރީ 2018 - 10:45

އޭޑީކޭ ހޮސްޕިޓަލްގެ ދަށުން ހިންގާ ހެލްތް ސްކޫލުގެ އެމަޖެންސީ މެޑިކަލް ޓެކްނީޝަން ބޭސިކް ކޯހަށް އެދުމުގެ މުއްދަތު އިތުރުކޮށްފި އެވެ.
އެ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވީ، ކޯހަށް ކުރިމަތިލުމަށް މި މަހުގެ 27 ވަނަ ދުވަހާ ހަމައަށް މިހާރު މުއްދަތު ދީފައިވާ ކަމަށާއި އެއީ ގިނަ މީހުންނަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.
ދެ މަސް ދުވަހުގެ މި ކޯހުގެ ފީ އަކީ 5،000ރ. އެވެ.
ސިއްހީ ދާއިރާއަށް މީހުން ބިނާކުރަން އުފައްދާފައިވާ ސްކޫލް އޮފް ހެލްތް ސައިންސަސްގެ މި ކޯހަށް އެދެވޭނީ އޯ ލެވެލް އިން ދެ މާއްދާއިން ފާސްވެފައިވާ 18 އަހަރުން މަތީގެ މީހުންނަށެވެ. އަދި ފަސްޓްއެއިޑްގެ ބޭސިކް ތަމްރީނު ހަދާފައިވާ މީހުންނަށް، އެ ކޯހުން އިސްކަންދޭނެ ކަމަށް އޭޑީކޭ އިން ބުންޏެވެ.
އަފްއާލް ވިދާޅުވި ގޮތުގައި އެ ކޯހުގައި ކިޔަވައިދޭނީ އޭޑީކޭގެ ބޭފުޅުންނާއި ސިއްހީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުން ވެސް ކިޔަވައިދެއްވާނެ އެވެ.