ކިމް އާއި ކާންޔޭ އަށް ތިންވަނަ ދަރިފުޅު ލިިބިއްޖެ
ކިމް އާއި ކާންޔޭ އަށް ތިންވަނަ ދަރިފުޅު ލިިބިއްޖެ

ރިއަލިޓީ ސްޓާ ކިމް ކާޑޭޝަން ވެސްޓާއި އޭނާގެ ފިރިމީހާ، މަޝްހޫރު ލަވަކިޔުންތެރިޔާ ކާންޔޭ ވެސްޓަށް ތިންވަނަ ދަރިއަކު ލިބިއްޖެއެވެ. ސަރޮގޭޓެއް މެދުވެރިކޮށް ދަރިފުޅު އުފަންވިކަން ކިމް ވަނީ އޭނާގެ އެޕުން ޔަގީން ކޮށްދީފައެވެ.

ކިމް އާއި ކާންޔޭ އަށް ތިންވަނަ ދަރިފުޅު ލިިބިއްޖެ
ކިމް އާއި ކާންޔޭ އަށް ތިންވަނަ ދަރިފުޅު ލިިބިއްޖެ

މިހާރުވެސް އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކު ހުންނަ މި ދެމަފިރިންނަށް މިފަހަރު ލިބުނީ އަންހެން ކުއްޖެކެވެ. ދަރިފުޅު އުފަންވި ކަމަށް ބުނެފައި ވަނީ މި މަހުގެ 15 ވަނަ ދުވަހު އެވެ. އެކަމަކު ކުއްޖާގެ ފޮޓޯއެއް އަދި އާންމެއް ނުކުރެ އެވެ.

ކިމް އޭނާގެ އެޕްގައި ބުނެފައިވައި ގޮތުން އާއިލާއަށް އިތުރުވި އާ މެންބަރާ އެކު އެންމެންވެސް ތިބީ ވަރަށް އުފަލުންނެވެ. އަދި އޭނާ ވަނީ ދަރިފުޅުގެ ސަރޮގޭޓަށް ވަރަށް ބޮޑަށް ޝުކުރުއަދާކޮށްފައެވެ.

ކިމްގެ ފުރަތަމަ ދަރިފުޅަށް ނޯތު ވެސްޓް ކިޔާއިރު، ދެވަނަ ދަރިފުޅަށް ކިޔަނީ ސެއިންޓް ވެސްޓެވެ. ދެވަނަ އަންހެން ދަރިފުޅަކު ލިބުމާ އެކީ މިފަހަރު ކިޔާނެ ނަމަކާ ދޭތެރޭ ކިމްގެ ފޭނުން މިހާރު ވެސް އަންނަނީ ޚިޔާލު ދެމުންނެވެ.

ކިމް އޭނާއަށް ތިންވަނަ ދަރިފުޅަކު ލިބެން އުޅޭ ވާހަކަ ޔަގީންކޮށްދީފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ. ސަރޮގޭޓެއް މެދުވެރިކޮށް ދަރިޔަކު ހޯދަން ކިމް ނިންމީ އޭނާގެ ދެވަނަ ދަރިފުޅު ސެއިންޓަށް ބަލިވެ އިން އިރު ދިމާވި މައްސަލަތަކާ އެކު ދެން އިތުރަށް ބަނޑުބޮޑުވެއްޖެ ނަމަ ފުރާނަ އަށް ނުރައްކާ ވެދާނެ ކަމުގެ އިންޒާރު ޑޮކްޓަރުން ދިނުމުންނެވެ.

ކާޑޭޝަން އާއިލާގެ ރިއަލިޓީ ޝޯ "ކީޕިންގް އަޕް ވިތް ދަ ކާޑޭޝިއަންސް" ގެ އެންމެ ފަހު ސީޒަންގައި ކިމްވަނީ އޭނާ އާއި ފިރިމީހާ ކާންޔޭ އެމީހުންގެ އާއިލާ އަދިވެސް އިތުރުކުރަން ބޭނުންވާ ކަމަށް ބުނެފައެވެ.

ކިމް ކާޑޭޝަން އަށް ފުރަތަމަ ދަރިޔަކު ލިބުނީ 2013 ވަނަ އަހަރުގެ ޖޫން 15 ގައެވެ. ދެވަނަ ދަރިފުޅު ލިބުނީ 2015ގެ ޑިސެމްބަރު 5 ގައެވެ.

ކާޑޭޝަން އާއިލާގެ ކްލޯއީ ކާޑޭޝަން ވެސް ބަލިވެއިންކަން މިހާރު ޔަގީން ކޮށްދީފައިވާއިރު އޭނާ ވިހާނެކަމަށް ލަފާކުރެވެނީ މާޗް މަހު އެވެ.