އަރާމުކޮށް ނިންދަވައިދޭ ބޭންޑެއް
އަރާމުކޮށް ނިންދަވައިދޭ ބޭންޑެއް

ރޭގަނޑުގެ ހަމަ ނިދި ނުލިބޭ ނަމަ ސިއްހީ މައްސަލަތައް ކުރިމަތިވެ އެވެ. ނިދި ހަމަކުރަން ބޭނުން ނަމަ ހޯދާނެ އެކި ފާޑުގެ ތަކެތި މިހާރު ބާޒާރުގައި ލިބެން ހުރެއެވެ.

އަރާމުކޮށް ނިންދަވައިދޭ ބޭންޑެއް
އަރާމުކޮށް ނިންދަވައިދޭ ބޭންޑެއް

މަޝްހޫރު ފިލިޕްސް ބްރޭންޑުން ވެސް މިހާރު ވަނީ މި ބާވަތުގެ އުފެއްދުމެއް އާންމުންނާ ހަމައަށް ނެރެން ތައްޔާރުވެފައެވެ. އެކަމަކު ފިލިޕްސްއިން ބުނާ ގޮތުގައި މިއީ ނިންޖަށް ބާރު އަޅައިދޭ އެއްޗެއް ނޫނެވެ. އަދި ނިދީގެ މައްސަލަތަކަށް އޮތް ހައްލެއް ވެސް ނޫނެވެ. ފިލިޕްސްގެ މި އުފެއްދުމުގެ މަގްސަދަކީ ދިރިއުޅުމުގެ ކަންކަމާއި ވަޒީފާގެ ގޮތުން ރެއަކު 7 ގަޑިއިރުގެ ނިދި ނުލިބޭ މީހުންނަށް ނިދާލަން ލިބޭ ވަގުތަކީ ފައިދާހުރި ވަގުތަކަށް ހަދައިދިނުމެވެ. މި ބޭންޑް ބޭނުންކުރުމަށް ފިލިޕްސް އިން ކަނޑައަޅާފައިވާ އުމުރަކީ 18 އަހަރާއި 40 އަހަރާ ދެމެދެވެ.

ނިތްގަނޑު ފުރަގަހަށް އަޅާ ތޮތްޕެއްހެން ހަދާފައިވާ މި ބޭންޑަށް ކިޔަނީ "ސްމާޓްސްލީޕް"އެވެ. މީގެ ޖާދޫ ފެންނަނީ އެންމެ ފުން ނިންޖަކުން ނިދާލެވުނީމައެވެ. އެ ހިސާބުން މި ބޭންޑްގެ ސެންސަރުން އެކަން ދެނެގަނެއެވެ. އަދި މަޑުމަޑު ރާގުތަކެއް އިއްވަން ފަށައެވެ. ސްމާޓްސްލީޕް ހަދަން މަސައްކަތްކުރި ރިސާޗަރުންގެ ޓީމުން ބުނާ ގޮތުގައި މިއީ ނިދި އަރާމުކުރުވާ ކަމެކެވެ. އަދި މިގޮތަށް ނިދުމުން ހަށިގަނޑުގައިވާ ލޮޑުކަމާއި ވަރުބަލިކަން މުޅިން ފިލުވާލައެވެ.

ސްމާޓްސްލީޕަށް ރިކޯޑުކުރެވޭ ނިދީގެ މައުލޫމާތު ބޭނުން ނަމަ ސްލީޕްމެޕާ އެޕް މެދުވެރިކޮށް ބަލައިލެވެއެވެ. ނިދާ ހޭލުމަށްފަހު އެޕަށް ބޭންޑް ސިންކްކޮށްގެން ބަލައިލަންވީއެވެ. ނިދުނު ވަރަކާއި ގަދަ ނިދީގައި ހޭދަކުރެވުނު ދިގުމިން ވެސް ބަލައިލެވޭނެއެވެ.