މެޓަލް 12: ސެމްސަންގުގެ އަމިއްލަ މައުދަނެއް
މެޓަލް 12: ސެމްސަންގުގެ އަމިއްލަ މައުދަނެއް

ސެމްސަންގުން "މެޓަލް 12" އުފައްދާފައި ވަނީ "މެގްނީޒިއަމް" އަދި އެލުމީނިއަމް" އެއްކޮށްގެންނެވެ. މިއީ ވަރަށް ލުއި އެހެނަސް، ސެމްސަންގް ބުނާ ގޮތުގައި، އަޅާކިޔާނެ އެހެން އެއްޗެއް ނެތްހައި ވަރުގަދަ މައުދަނެކެވެ. ވިޔަފާރި މަރުކާއެއް ގޮތުގައި ބޭނުންކުރުމަށްޓަކައި، ސެމްސަންގުން ވަނީ ޔޫރަޕިއަން ޔޫނިއަން އިންޓަލެކްޗުއަލް ޕްރޮޕްޓީ އޮފީހުގައި "މެޓަލް 12" ރެޖިސްޓްރީކޮށްފަ އެވެ.

މެޓަލް 12ގެ ސަބަބުން ސެމްސަންގަށް ވާނެ އެންމެ ބޮޑު ފައިދާ އަކީ ގެލަކްސީ ޑިވައިސްތައް ލުއިވުމެވެ. މި އާލާތްތައް ބޭނުންކުރާ މީހުންނަށް އޮތް ހިތްހަމަޖެހުމަކީ، ހަމަ ވެއްޓޭއިރަށް ޑިވައިސް ތަޅައިގެން ނުދިއުމެވެ. މި އަހަރު އެންމެ ފުރަތަމަ ސެމްސަންގުން ނެރޭނެ ކަމަށް ބުނެވޭ ގެލަކްސީ އެސް9 އުފެއްދުމުގައި މެޓަލް 12 ބޭނުންކުރާނެ އެވެ. ސްމާޓް އިލެކްޓްރޯނިކްސް އާ އަހަރަކަށް ހޭލައިގަތުމާ އެކު ސެމްސަންގުން ތައާރުފުކުރި "ނޯޓްބުކް 9" (2018) ލެޕްޓޮޕް އުފެއްދުމުގައި ވެސް މެޓަލް 12 ބޭނުންކޮށްފައި ވެ އެވެ.

ސެމްސަންގް ލެޕްޓޮޕް ސީރީޒް އުފެއްދުމަށް މެޓަލް 12 ބޭނުންކުރުން މާނަކުރެވެނީ، ހަމައެކަނި ގެލަކްސީ މަރުކާ އަށް މި މާއްދާ ޚާއްސަނުކުރާނެ ކަމެވެ. ބޭނުންކުރާ މީހުންގެ މުށުން ފެށިގެން ގޭބިސީތަކަށް ދާންދެން މި މާއްދާ ބޭނުންކުރާނެ ކަމެވެ. އޭގެ ތެރޭގައި ސްމާޓް އަނގޮޓި، ސްމާޓް ގަޑި، ފިޓްނަސް ޓްރެކާ، ސްމާޓްފޯން، ލެޕްޓޮޕް، އައިސްއަލަމާރި، އަވަން އަދި ދޮންނަ މެޝިން ވެސް ހިމެނެ އެވެ.

މެޓަލް 12 އާ ބެހޭ ގޮތުން ސެމްސަންގުން މާ ގިނަ މައުލޫމާތެއް ނުދެ އެވެ. އެހެން ބަޔަކު އެ އުފައްދަފާނެތީއެއް ނޫނެވެ. އާކޮޅުމަތީގައި ފޮނިވެލައި، ފަޚުރުވެރިވެލަން މަޑުކޮށްލަނީ އެވެ. ޑިވައިސްތައް އަތަށް އަރަން ފެށުމުން މެޓަލް 12 އަކީ ކިހާ ވަރެއްގެ އެއްޗެއްކަން އަހަރެމެންނަށް ވެސް އެނގޭނެ އެވެ.