ޑިސެމްބަރު 2017: މޮސްކޯގެ ތާރީޚުގައި އެންމެ "އަނދިރި" މަސް
ޑިސެމްބަރު 2017: މޮސްކޯގެ ތާރީޚުގައި އެންމެ "އަނދިރި" މަސް

މޮސްކޯ (ޖެނުއަރީ 16) - ނިމިގެން ދިޔަ ޑިސެމްބަރު މަސް ހިމެނިފައި ވަނީ ރަޝިޔާގެ ވެރިރަށް މޮސްކޯ އަށް ގާތްގަނޑަކަށް އަވި ނުދޭ މަހެއްގެ ގޮތުގައި ކަމަށް މޫސުމާ ބެހޭ އޮފިޝަލުން ބުނެފި އެވެ.

ޑިސެމްބަރު 2017: މޮސްކޯގެ ތާރީޚުގައި އެންމެ "އަނދިރި" މަސް
ޑިސެމްބަރު 2017: މޮސްކޯގެ ތާރީޚުގައި އެންމެ "އަނދިރި" މަސް

ރަޝިޔާގެ މޫސުމާ ބެހޭ މައި މަރުކަޒުން ބުނީ މުޅި ޑިސެމްބަރު މަހު މޮސްކޯ އަށް އަވިދީފައި ވަނީ އެންމެ ހަ މިނިޓް ކަމަށެވެ. ވިންޓާގައި ރަޝިޔާ އަށް އާދަޔާޚިލާފަށް ފިނިވި ނަަމަވެސް މި ހަފުތާގައި ފިނިމިން ވަނީ ރެކޯޑް މިންވަރަކަށް ދަށަށް ގޮސްފަ އެވެ. ޔަކޫޝިއާ ނުވަތަ އާއްމުކޮށް ކިޔާ ގޮތުން ނަމަ ސަޚާ ރިޕަބްލިކުގެ ފިނިހޫނުމިން ވަނީ 60- ޑިގްރީ ސެލްސިއަސް އަށް ވެއްޓިފަ އެވެ. މޮސްކޯގައި ހުރީ 7- ޑިގްރީ ސެލްސިއަސްގަ އެވެ.

ޑިސެމްބަރު 2017: މޮސްކޯގެ ތާރީޚުގައި އެންމެ "އަނދިރި" މަސް
ޑިސެމްބަރު 2017: މޮސްކޯގެ ތާރީޚުގައި އެންމެ "އަނދިރި" މަސް

ފިނިހޫނުމިން 50- އަށް ދިއުމުން ރަޝިޔާގެ ސްކޫލްތައް ބަންދުކޮށް ކުޑަ ކުދިން ބޭރަކަށް ނުނެރެ އެވެ.

މޮސްކޯ އަށް މީގެ ކުރިން އެންމެ އަނދިރި ޑިސެމްބަރެއްގެ ގޮތުގައި ފާހަގަ ކުރެވުނީ 2000 ވަނަ އަހަރު އެވެ. އެ ފަހަރު މުޅި މަހުގައި އަވިދީފައި ވަނީ ތިން ގަޑިއިރެވެ.