މާބަނޑު އިރު ލެވޭ ކަހަލަ ޖީންސް ރޭންޖެއް ކްލޯވީ ކާޑޭޝިއަން ބާޒާރަށް ނެރެނީ
މާބަނޑު އިރު ލެވޭ ކަހަލަ ޖީންސް ރޭންޖެއް ކްލޯވީ ކާޑޭޝިއަން ބާޒާރަށް ނެރެނީ

އެމެރިކާގެ މަޝްހޫރު ކާޑިއޭޝިއަން އާއިލާގެ މެމްބަރު އަދި ވިޔަފާވެރިޔާ ކްލޯވީ ކާޑިއޭޝަން ބަލިވެ އިން ކަމަށް ދެކެވެމުން ދިޔަ ވާހަކަތަކާ ބެހޭ ގޮތުން ހިމޭނުން ހުރުމަށް ފަހު، އެ ވާހަކަ އޭނާ ދައްކައިފަ އެވެ. ބަނޑަށް ހަ މަސް ފަހުން އޭނާ މި ވާހަކަ ދެއްކީ އަންހެނުންނަށް ހާއްސަ ހަދިޔާއަކާ ވެސް އަންނަން ތައްޔާރުވަމުން އަންނަ އުފާވެރި ހަބަރާ އެކުގަ އެވެ.

ކްލޯވީ ބުނި ގޮތުގައި އޭނާ މިހާރު ތައްޔާރުވަމުން އަންނަނީ މާބަނޑު އަންހެނުންނަށް ހާއްސަކޮށްގެން ޑިޒައިން ކުރާ، ޖީންސްތަކެއް ބާޒާރަށް ނެރުމަށެވެ. މި ޖީންސް ރޭންޖް ނެރެނީ ގުޑް އެމެރިކާ ޑެނިއަމްއާ ގުޅިގެންނެވެ. މި ރޭންޖަކީ މާބަނޑު އަންހެހުންނަށް ހާއްސަ ޖީންސްތަކަކަށްވާތީ އެއަށް ނަން ދީފައި ވަނީ ވެސް އެކަމާ ގުޅުވައިގެންނެވެ. ޖީންސްގެ ނަމަކީ "ގުޑް މަމާ" އެވެ.

މި ޖީންސްތައް ނެރޭނެ ދުވަހެއް އަދި ކްލޯވީ އިއުލާނެއް ނުކުރެ އެވެ. އެކަމަކު އިސްޓަގްރާމްގައި އޭނާ ވަނީ ވަރަށް އަވަހަށް "ގުޑް މަމާ" ނެރޭނެކަން ހިއްސާކޮށްފަ އެެވެ.

ކްލޯވީ، 33، ބުނި ގޮތުގައި މާބަނޑު ދުވަސްވަރު ލާން އެކަށީގެންވާ ކަހަލަ ޖީންސްތަކެއް ތައްޔާރު ކުރަން ނިންމީ އޭނާއަކީ ވެސް އަބަދު ޖީންސް ލާން ލޯބި ކުރާ މީހަކަށްވެފައި، މާބަނޑުވުމުން އެ ފުރުސަރު ނުލިބޭތީ ކަމަށެވެ.

"އެހެންވީމާ މިއީ ޖީންސް ލާން ލޯބި ކުރާ އަންހެނުން މާބަނޑުވީމަ ވެސް، ޖިންސްލާން ލިބޭން ހުޅުވޭނެ ދޮރެއް. އަހަރެން ވެސް މި ހުރީ މި ޖީންސް ލާން ކެތްމަދުވެފައި،" ކެނެޑާގެ ބާސްކެޓް ތަރި ޓްރައިސްޓަން ތޮމްޕްސަން، 26، އަށް ބަލިވެ އިން ކްލޯވީ ބުންޏެވެ.

އޭނާ ބުނީ "ގުޑް މަމާ" ޖީންސް ވަރަށް އަންހެން ވާނެ ކަމަށާއި ލައިގެން ހުންނަން ވެސް ފަސޭހަ ވާނެ ކަމަށެވެ. އަދި މާބަނޑު ދުވަސްވަރުގެ އެކި މަރުހަލާތަކުގައި ލެވޭ ކަހަލަ ޖީންސް "ގުޑް މަމާ" ރޭންޖްގައި ހިމެނޭނެ ކަމަށް ބުންޏެވެ. "މި ޖީންސްތައް ވަރަށް ލޯބިވާނެ،" ކްލޯވީ ބުންޏެވެ.